ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި އެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް، މަރިޔަމް ނިހާޔަތު ކުރިމަތި ލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހެނދުނު 11:00 އަށް ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ ނިހާޔަތު އެކަންޏެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުން ބަލަމުންދިޔަ ދުސްތޫރީ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ފެނިވަޑައިގަންނަވާހައި ގޮތަކަށް ނިންމުމަށްޓަކައި އެ ކޯޓުގެ ފަނޑިޔާރުންނަށް ރައީސް ބިރުދައްކައި ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.
ނިހާޔަތަކީ މީގެ ކުރިން 2019 ވަނަ އަހަރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅެކެވެ. އޭނާއަކީ މީގެ ކުރިން، ހަ އަހަރު ވަންދެން ސިވިލް ކޯޓުގ ގާޒީކަން ކުރެއްވުމަށްފަހު ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ޑެޕިއުޓީ ޕީޖީގެ މަގާމު ތިން އަހަރު ދުވަސް ވަންދެން ފުރުއްވި ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެވެނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލީ ނިހާޔަތު އެކަނި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލީ ނިހާޔަތު އެކަނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ