ކަރަންޓު ކެނޑުނީ އިންޖީނުތައް ނިވިގެން: ސްޓެލްކޯ
މާލެއިން މިއަދު ކަރަންޓުގެ ޚިދުމަތް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިންޖީނުތައް ނިވިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މުޅި މާލެއިން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 11:30 ހާއިރެވެ. ސްޓެލްކޯއިން ބުނީ، މިހާރު އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު، ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި މި ވަގުތު މާލޭގެ 75ޕަސަންޓު ސަރަހައްދަށް ކަރަންޓު އަލުން ފޯރުކޮށްދެވިފައި ވާކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. ބާކީ ހުރި ސަރަހަދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި މި ކަމާ ގުޅިގެން ދިމާވާ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ