ދިވެހީންނަށް ދަރިން ނުލިބޭ ސަބަބުތައް: ޕީސީއޯއެސް، ފަލަވުން، ވިޓަމިން ޑީ ދަށްވުން
ރާއްޖޭގައި ދަރިން ހޯދާ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށްވެފައިވާއިރު، ދަރިން ހޯދަން ދަތިވާ ސިއްހީ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަލަވުމާއި، ހަށިގަނޑުން ވިޓަމިން ޑީ މަދުވުމާއި އަންހެނުންގެ ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމް (ޕީސީއޯއެސް) ހުންނަ މިންވަރު އިތުރުވުން ހިމެނޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ބޯހިމެނުން 2022ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދަރިމައިވުމުގެ ނިސްބަތް ރާއްޖޭގައި ވަނީ އެއް އަހަރުން އަނެއް އަހަރަށް ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މިހާރު ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތްވަނީ ބިލޯ ރިޕްލޭސްމަންޓް ލެވެލްއަށް ގޮސްފައިއެވެ. https://sun.mv/179491 ބިލޯ ރިޕްލޭސްމަންޓް ލެވެލްއަށް ދިޔުމަކީ ދަރިމައިވުން، މީހުން މަރުވާ މިންވަރަށް ވުރެ ދަށަށް ދިޔުމެވެ. އެހެން ގޮތަކަށް ބުނާނަމަ އާބާދީ އިތުރުވާ ނިސްބަތް ދަށަށް ދިޔުމެވެ. ރާއްޖޭގައި ދަރީން ހޯދާ މިންވަރު ދަށީ ކީއްވެތޯއާއި އެ ކަމާ ގުޅިފައިވާ ކަންކަން ދެނެގަތުމަށް ގައުމީ ޔުނިވާސިޓީން ވަނީ މި ފަހުން ދިރާސާއެއް ހަދައިފައެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި ދަރިން ހޯދާ ނިސްބަތް ދަށްވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ މާލީ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަަލަ ބޮޑުވެފައި އޮތުމެވެ. https://sun.mv/206111 އެ ދިރާސާގައި އެހެނިހެން ގޮތްގޮތުން ވެސް ދަރިމައިވުމަށް ހުރި ހުރަސްތައް ހޯދައިފައިވެއެވެ. އެގޮތުން އެކި އުމުރުގެ އަންހެނުންނާއި ފިރިހެނުންނާއި ސިއްހީ ދާއިރާގެ ބޭފުޅުންނާ ސުވާލުކޮށްފައިވެއެވެ. ދަރިން ހޯދާ ނިސްބަތް ދަށްވުމާ ގުޅޭ ގޮތުން ސިއްހީ ދާއިރާގެ ބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކަކީ: ދަރިން ހޯދުމުގައި ފިރިހެނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން ހުރި މައްސަލަތަކަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދެވުން ދަރިން ހޯދާ އުމުރު ދޮށީވާ ވަރަކަށް އަންހެނުންގެ ބިހުގެ ފެންވަރު ދަށްވެ، ބަލިވެ އިންނައިރު ދިމާވާ ނުރައްކާތައް އިތުރުވުން މަސައްކަތުގެ މާހައުލު ބުރަވުމާއި، މައިންބަފައިންނަށް އެކަށީގެންވާ ވަރަށް ސަޕޯޓް ނުލިބުން ދަރިން ނުލިބުމާއި، ޕީސީއޯއެސްއާއި ފަލަ ބަލި (އޮބީސިޓީ)އާއި ސްޓްރެސް މަސައްކަތްކުރާ ތަންތަނުގައި ޑޭކެއާ ފަދަ ޚިދުމަތެއް ނުލިބުމާއި، ވަޒީފާގެ ޒިންމާތައް ބަހައިލެވޭނެ ގޮތެއް ނެތުން ސިޒޭރިއަން ހެދުމާއި ދަރިން ނުލިބޭ ގޮތަށް ސިއްހީ ޕްރޮސީޖާތައް ހެދުން, އެ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކުޑަ އާއިލާއެއް: ދަރިމައިވުމުގައި ދިމާވާ މައްސަލަތަކުގެ ފަރުވާއަަށް އާސަންދަ ދިނުމަށް މި ސަރުކާރުން ވަނީ ފަށައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ ސިއްހީ ދާއިރާގެ ބޭފުޅުން ދެއްވި ލަފާތަކުގެ ތެރޭގައި، ކުޑަކުދިން ބަލަހައްޓާ ޑޭކެއާ ފަދަ ޚިދުމަތްތައް އިތުރުކުރުމާއި ދަރިމައިވުމާ ގުޅުންހުރި ހަރުދަނާ ޕްރޮޓޮކޯލްތައް ތައާރަފު ކުރުން ހިމެނެއެވެ. އެ ދިރާސާގައި ވަނީ ދަރިން ހޯދާ ނިސްބަތް ދަށްވުމާ ގުޅޭ ގޮތުން ސިއްހީ މާހިރުން ވިދާޅުވެފައި މުހިންމު ބައެއް ވާހަކަތައް ވެސް ފާހަގަކޮށްފައެވެ. އެގޮތުން، ފިރިހެނުންގެ ސިއްހަތާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި: ދަރިފަނީގެ ޓެސްޓުތައް ހެދުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރެވިގެން އެފަދަ ޓެސްޓުތައް ހަދަން ދެކޮޅު ހެދުން ފިރިހެނުންނަށް ވެސް ދަރިން ހޯދުމުގައި މައްސަލަތައް ދިމާވި ނަމަވެސް، ދަރިން ނުލިބޭ ނަމަ އަބަދުވެސް އަންހެނުންގެ ބޮލުގައި މައްސަލަތައް އެޅުވުން ދަރިމައިވުމަކީ ހަމައެކަނި އަންހެނުންނާ ގުޅުންހުރި ކަމެއް ކަމަށް ދެކުން ދަރިމައިވުމާ ގުޅޭ ގޮތުން ލަފާ ހޯދަން ދެމަފިރިން އެކުގައި ނުދިޔުން، އާންމުކޮށް އެފަދަ ލަފާ ހޯދަން ދަނީ އަނބިމީހާ އެކަނި ދަރިން ނުލިބުމާއި ދަރިމައިވުމާ ގުޅުންހުރި މައްސަލަތަކާ ގުޅޭ ގޮތުން ސިއްހީ ބޭފުޅުން ވިދާޅުވީ: އެންމެ ގިނައިން މިހާރު ފާހަގަވާ މައްސަލައަކީ ފަލަވުމާއި ޕީސީއޯއެސްއާއި ވިޓަމިން ޑީ މަދުވުން ސްޓްރެސްއަކީ ވަރަށް ބޮޑު މައްސަލައެއް، ސްޓްރެސްއާ ގުޅިގެން ދަރިމައިވުމަށް އަސަރުކުރުމުގެ ގިނަ ކޭސްތަކެއް ފެނިފައިވޭ ފިރިހެނުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވޭޕް ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން، ދަރިން ހޯދުމަށް އަސަރު ކުރުމުގެ މައްސަލަތައް ގިނަވުން ޒުވާން އަންހެނުންގެ މެދުގައި ވެސް ހިތުގެ ބަލިތަކާއި ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަތައް އިތުރުވުން ސްޓްރެސްއާއި ހަށިގަނޑަށް ބޭނުންވާ މާއްދާތައް އެކަށީގެންވާ ވަރަށް ނުލިބުން މީގެ އިތުރުން ރައްކާތެރި ނޫން ގޮތުގައި ދަރި ވައްޓާލުމުގެ މައްސަލަތައް އިތުރުވެ، އޭގެ ސަބަބުން ދާއިމީ ގެއްލުންތައް ހަށިގަނޑު ލިބުމަކީ ވެސް ދަރިން ހޯދާ ނިސްބަތްވާ މަދުވާ ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަންހެނުން: ދަރިން ހޯދާ ނިސްބަތް ދަށްވާ ސަބަބުތަކުގެ ތެރޭގައި، ދަރިން ބަލަން މައިންބަފައިންނަށް ބޭނުންވާ އެހީ ނުލިބުން ހިމެނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ ހަމައެއާއެކު، ދަރިން ހޯދަން ހިތްވަރު ދިނުމަށް ޓަކައި ހޮސްޕިޓަލްތައް ފަދަ ތަންތަނުގައި ޑޭކެއާ ޚިދުމަތްތައް ލިބެން ޖެހޭ ކަމާއި ދަރިން ބެލުމާ ރައްޓެހި މަސައްކަތުގެ މާހައުލެއް ގިނަ ތަންތަނުގައި ގާއިމުކުރުމަކީ ކުރެވިދާނެ ކަންތައްތައް ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ. ޕީސީއޯއެސްއަކީ ހޯމޯން އިންބެލެންސްއެއްގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކެކެވެ. މިއާ ގުޅިގެން ހަށިގަނޑުގައި ފިރިހެން ހޯމޯން ގިނަވުމާއި ޕީރިއަޑް މައްސަލަ ޖެހުމާއި އޯވަރީ (ބިސްރަވަ) ތެރޭގައި މެޗުއާ ނުވާ ކުދިކުދި ސިސްޓުތަކެއް ހުރުން ހިމެނެއެވެ. https://sun.mv/125061 މި ސަރުކާރުގައި ވަނީ، އަންނެހުންނަށް ދިމާވާ ސިއްހީ ބައެއް މައްސަލަތަކަށް އާސަންދައިން ފުލް ކަވަރޭޖް ދިނުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި ޕީސީއޯއެސްއާއި ދަރިމައިވުމުގައި ހުރަހަކަށްވާ އިތުރު މައްސަލައެއް ކަމަށްވާ އެންޑޮމެޓްރިއޯސިސް ހިމެނެއެވެ. އަދި ދަރިމައިވުމުގެ މައްސަލަ ދިމާވާ މީހުންނަށް ބޭނުންވާ އައިވީއެފް ފަރުވާ ވެސް އާސަންދައިން ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައި، މިދިޔަ އަހަރު ވެސް ބައެއް އާއިލާތަކަށް ދައުލަތުގެ ޚަރަދު އެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ. ރާއްޖޭގައި މިވަގުތު އައިވީއެފްގެ ޚިދުމަތް ލިބެނީ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ ޓްރީ ޓޮޕް ހޮސްޕިޓަލުންނާއި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ