މި މައްސަލައިގައި ބަންދުކޮށްފައި ވަނީ އުމުރުން 49 އަހަރުގެ ހ. ލިލަކުވިލާ ރެސިޑެންސް، ގާސިމް ހަސަންފުޅެވެ.
ފަނޑިޔާރަކާމެދު މާރާމާރީ ހިންގި މީހަކު ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
މި މައްސަލައިގައި ބަންދުކޮށްފައި ވަނީ އުމުރުން 49 އަހަރުގެ ހ. ލިލަކުވިލާ ރެސިޑެންސް، ގާސިމް ހަސަންފުޅެވެ.އޭނާގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ، އޭނާއަކީ މީގެ ކުރިން ވެސް އެ ފަނޑިޔާރާ މެދު މާރާމާރީ ހިންގާފައިވާ މީހެއް ކަމަށެވެ. މިފަހަރު ބަންދުކޮށްފައި މިވަނީ ދެވަނަ ފަހަރަށް އެ ފަނޑިޔާރާ މެދު މާރާމާރީ ހިންގައިގެންނެވެ.އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ފުލުހުން ވަނީ ހުށަހަޅާފަ އެވެ. އަދި ފަނޑިޔާރުގެ ބަޔާނާއި ސީސީޓީވީ ފުޓޭޖްތައް ވެސް ފުލުހުން ކޯޓަށް ހުށަހަޅާފައިވެ އެވެ.ގާސިމް ހަސަންފުޅުގެ ބަންދަށް ކޯޓުން ދީފައި ވަނީ 16 ދުވަހުގެ މުއްދަތެކެވެ. އަމުރުގައި، ހަމަލާދިނީ ކޮން ފަނޑިޔާރަކަށްކަން ބަޔާންކޮށްފައެއް ނުވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ފަނޑީޔާރަކަށް ހަމަލާދިން މީހަކު ބަންދު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ