2024 ވަނަ އަހަރަކީ އިމާމުންނަށް އިތުރު ތަމްރީނާއި ފުުރުސަތުތައް ފަހިކޮށްދިނުމުގައި މިހާތަނަށް ވުޒާރާއިން އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރުކަން ފާހަގަކޮށްލެވެއެވެ. މިގޮތުން 2024 ވަނަ އަހަރު 100 އަށްވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފަހިކޮށްދީފައެވެ.
އެގޮތުން ފާއިތުވެދިޔަ އަހަރުގެ ތެރޭގައި އިމާމުންގެ ދެ ބެޗެއް ސަޢުދީ ޢަރަބިއްޔާއަށް ފޮނުވުނު އިރު، އިންޑޮނޭޝިޔާ، ބުރުނާއި އަދި މެލޭޝިޔާއަށްވެސް އިމާމުން ތަމްރީނަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ ގިނަ ދަތުރުތަކަކީ އެ ޤައުމުތަކުން ބޮޑު އެހީތެރިކަމެއް ދީގެން ކުރިއަށް ގެންދެވުނު ދަތުރުތަކެއްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ފާއިތުވެދިޔަ އަހަރު ތެރޭ ރާއްޖޭގެ ހުރިހާ އިމާމުން ތާޒާ ކުރުމަށް ބޮޑު މަޝްރޫޢުއެއް ފަށާ، އަހަރު ނިމުނު އިރު ރާއްޖޭގެ ހުރިހާ އިމާމުން ވަނީ ތާޒާކުރުމުގެ ޕްރޮގުރާމު ފުރިހަމަކޮށްފައެވެ.
ހަބަރު: ސަރުކާރު
2024: އިމާމުންނަށް ފަހި އަހަރެއް، ތަމްރީނާއި ތަޖުރިބާގެ ގިނަ ފުރުސަތުތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ