ދުނިޔޭގައި ހަލުވި ކަމާއުއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ގިނަ ކޭސްތަކެއް ރާއްޖޭގެ ވެރިރަށް މާލެއިން ފެނި މުޅި ރާއްޖެ ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އަމުރުތަކަށް ތަބާނުވާ މީހުންނާއި އަދި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންނާއި އެ މީހުންނާ އެކިއެކި ގޮތްގޮތުން ކޮންޓެކްޓްވާ މީހުންގެ ތެރެއިން ސައްހަ މައުލޫމާތު ނުދޭ މީޙުންގެ ނަންތައް ހާމަކުރުމަށް ނިންމައި އެކަމާއި ބެހޭ ގަވާއިދެއް ސަރުކާރުން އާންމުކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ގިނަ ބާރުޔަކެއް ލިބިދޭ ގަވާއިދުގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނަން ހާމަކުރުމާ ބެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދުގައި، ބަލިމީހާގެ އިތުރުން ކަރަންޓީން ކުރުން ފަދަ ފިޔަވަޅެއް އަޅާފައި ވަނިކޮށް، އެއާ ހިލާފަށް އުޅޭ މީހުންގެ ނަން ހާމަކުރުމުގެ ބާރު ޑިރެކްޓަ ޖެެނެރަލް އޮތް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ.
ގަވާއިދުގައި އޮތް ގޮތުން، ބަލިމީހެއްގެ ނަން ނުވަތަ ވަކި ފިޔަވަޅެއް އަޅާފައި ހުރި މީހަކު، މުޖުތަމައުއަށް ނުރައްކާތެރި ގޮތަކަށް އުޅޭ ނަމަ އެ މީހެއްގެ ނަން ހާމަކުރުމުގެ ބާރު ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބެނީ ވެސް، ގިނަ ޝަރުތުތަކަކާ އެކުގަ އެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި ފަރާތެއްގެ ނަން ޑިރެކްޓަ ޖެނެރަކް އޮފް ޕަބްލިކް ހެލްތު ހާމަކުރަން ވާނީ، އެކަން ނުކޮށް އާންމު ސިއްހަތު ރައްކާތެރިނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި، އެ މަގުސަދު ހާސިލްކުރެވޭނެ މިންވަރަށް އެކަންޏެވެ.
މީގެއިތުރުން ކަރަންޓީންކޮށްފައި ނުވަތަ އެކަހެރިކޮށްފައި ތިބޭ ބަޔަކު އެއާ ހިލާފު ވެއްޖެ ނަމަ އެބައެއްގެ ނަން ހާމަކުރެވޭނީ، ގަވާއިދުގައި ބުނެފައިވާ ގޮތުން ނަމަ، އެފަދަ ފަރާތެއްގެ ކިބައިން އެބަލި ފެތުރުނަ ނުދިނުމުގެ ގޮތުންނެވެ.
ބައެއްގެ ނަން ހާމަކުރާ އިރު ޑިރެކްޓަ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު ރިއާޔަތްކުރާނެ ހަ ކަމެއް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ނަން ހާމަކޮށްގެން ބަލި ކޮންޓްރޯލްކުރެވޭނެ ފުރުސަތު އޮތް މިންވަރާއި ނަން ހާމަކުރުމުން ނުކުންނާނެ ނަތީޖާ އާއި އާންމުކޮށް ހާމަނުކޮށް އާންމު ސިއްހަތު ރައްކާތެރިނުކުރެވޭނެ މިންވަރަށް ބަލީގެ ނުރައްކާ ކުރިމަތިވެއްޖެ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުރެވުން ފަދަ ކަންކަމަށް ހިމެނެ އެވެ.
އަމުރަށް ކިޔަމަން ނުވާ މީހުންގެ ނަން ހާމަކުރާނެ، ބަލީގެ ސައްހަ މައުލޫމާތު ނުދޭނެމަ ވެސް ނަން ހާމަ ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ