އުތުރު ތިލަފަޅު އެއްބަސްވުމުގައި ނުރައްކަލެއް ނެތްކަމަށް ސަރުކާރުން ބުނާއިރު، އެއްބަސްވުން އާންމުކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާންވީ ކީއްވެތޯ އުމަރު ސުވާލު އުފައްދަވައިފިއެވެ.
އުތުރުތިލަފުޅު އެއްބަސްވުން ކަމަށް ބުނެ ލިޔުމެއް އިއްޔެ ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާއިރު ސަރުކާރުން އަންނަނީ ލީކުކޮށްލާފައިވާ އެއްބަސްވުމުގައި ހަގީގަތެއް ނެތް ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އެގޮތުން ސިފައިންގެ އިސްވެރިން ވެސް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވަނީ އެކަން ދޮގުކުރައްވާފައެވެ.
މިކަމާ ގުޅިގެން ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިއެއްބަސްވުމަކީ މިލިޓަރީ އެއްބަސްވުމެއް ނޫންކަމަށް ވިދާޅު ނުވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ޤައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ސަރުކާރުން ބުނާއިރު، އެއްބަސްވުނުން އާންމުކޮށްފިނަމަ ޤާއުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނާބުނުމަކީ ސުވާލު އުފެދޭ ކަމެއްކަމަށް އުމަރު ވިދާޅުވިއެވެ.
”މި އެެއްބަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކާވާކަމެއްނެތްކަމަށް ބުނޭ. ހަމައެއާއެކީ އެއްބަސްވުން ދައްްކައިފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް އެބަބުނޭ. މިލިޓަރީ އެއްބަސްވުމެއްނަމަ މިއެއްބަސްވުން މަޖިލީހަށް ދާންޖެހޭނެ. ސިވިލް އެއްބަސްވުމެއްނަމަ އާންމު ރައްޔިތުންނަށް ހާމަވާންޖެހޭނެ.“ އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ މިފަދަ ހައްސާސް މައްސަލައެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވާނީ ޑިފެންސް މިނިސްޓަރު ކަމަށް ހީކުރެއްވި ކަމަށާއި ނަމަވެސް ޑިފެންސް މިނިސްޓަރު ފިއްލަވާފައި ސިފައިން މިކަމާއި ކުރިމަތިލާން ނެރުމަކީ ދެރަވަރު ކަމެއް ކަމަށެވެ.
އުމަރު ވިދާޅުވީ މިހާރު ސޯޝަލް މީޑިއާގައި އެނބުރެމުންދާ އެއްބަސްވުމަކީ މިދިޔަ އަހަރުގެ ޖޫން މަހު އިންޑިއާ ސަރުކާރުން ފޮނުވި އެއްބަސްވުމުގެ ކޮޕީއެއް ކަމަށެވެ. އަދި އެ އެއްބަސްވުމަށް ދިވެހި ސަރުކާރުން އިތުރު ބަދަލެއް ގެނައިކަން އިނގޭނީ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ކަމަށާއި އެ އެއްބަސްވުން ދައްކާލުމަށް ސަރުކާރަށް އުމަރު ވަނީ ގޮވާލާފައެވެ.
ނުރައްކަލެއް ނެތް ނަމަ ޔޫޓީއެފް އެއްބަސްވުން އާންމުކުރޭ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ