އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަލީ ނަޝާތު އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަލީ ނަޝާތު އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފިއެވެ.އީސީގެ މެމްބަރުކަމަށް ނަޝާތު އައްޔަން ކުރަން މަޖޮލީހުން ފާސްކޮށްފައިވަނީ 32 މެމްބަރުންގެ ވޯޓާއި އެކުގައެވެ. މިނިވަން މުއައްސަަސާތަކާއި ބެހޭ ކޮމިޓީއިން ނަޝާތު ގެ ނަން ދިރާސާ ކުރެއްވުމަށް ފަހު، ކޮމިޓީގެ ރިޕޯޓް ތަޅުމަށް މިއަދު ވަނީ ހުށައަޅުއްވާފައެވެ. އެ ރިޕޯޓް ތަޅުމަށް ހުށައަޅުއްވާފައިވަނި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު އަދި ށ.ފުނަދޫ ދާއިރާ މެމްބަރު އަލީ ސަލީމްއެވެ. އެ ބިލް ހުށައެޅުއްވުމަށް ފަހު ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ މި ކަމަށް ޕާލިމަންޓްރީ ގުރޫޕްގެ ފަރާތުން ވަރަށް ތާއީދު ކުރައްވާ ކަމަށެވެ. އއ. ފެރިދޫ، ހާލީ އަލީ ނަޝާތު އިލެކްޝަން ކޮމިޝަންސްގެ މެމްބަރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ އިއްތިފާގުން ވަނީ ކޮމިޓީ ބައްދަލުވުމުގައި ފާސްކޮށްފައެވެ. އެކަން ނިންމީ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި، އިލެކްޝަން ކޮމިޝަންސް މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޮނުއްވާފައިވާ އަލީ ނަޝާތާއި ވަނީ ކޮމިޓީ މަރުހަލާގައި އިންޓަވިއުކޮށް، ކޮމިޓީއިން ބަލައި މިންގަނޑުތައް ބަލައި ދިރާސާކޮށްފައެވެ. ކޮމިޓީ މަރުހަލާގައި ނަޝާތަށް ވަނީ 89.63 މާކްސް ލިބިވަޑައިގަންފައެވެ.  އަލީ ނަޝާތު މިހާރު ފުރުއްވަމުން ދަނީ އިލެކްޝަން ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ