މައުމޫން ފައުންޑޭޝަނުގެ ސްކޯލާޝިޕްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ ދިވެހި ޒުވާނުންނަށް މަތީތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ސްކޯލާޝިޕްގެ ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށެވެ.
މިއީ ޕާޓް ފަންޑެޑް ސްކޯލާޝިޕްތަކެއް ކަމަށް މައުމޫން ފައުންޑޭޝަނުން ބުނެއެވެ.
މިއަހަރު މައުމޫން ފައުންޑޭޝަނުން ހުޅުވާލާފައިވަނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީ ޔުނިވާސިޓީން 5 ދާއިރާއަކުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތެވެ.
މީގެ ތެރޭގައި ހިމެނެނީ ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން، ބެޗެލަރ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗެލަރ އޮފް ފިޒިއޮތެރަޕީ އަދި މާސްޓަރ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓެވެ.
މި ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 21 ވާ ބުރަސްފަތި ދުވަސް ކަމަށް މައުމޫން ފައުންޑޭޝަނުން ބުނެއެވެ.
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަނުން ގެންދަނީ ދިވެހި ޒުވާނުންނަށް މަތީތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކޮންމެ އަހަރަކުވެސް ތައުލީމުގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ.
މައުމޫން ފައުންޑޭޝަނުގެ ސްކޯލާޝިޕްތަކަށް މިފަހަރު ފުރުސަތު ހުޅުވާލާފައި މިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރާ ގުޅިގެން ރައީސް މައުމޫން ޖަލުގައި ބަންދުކޮށް، އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަމުން ދަނިކޮށެވެ.
މައުމޫން ފައުންޑޭޝަނުގެ ސްކޯލާޝިޕްތަކަށް ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ