މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އާތިފު އަވަހާރަވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އާތިފު އަވަހާރަވެއްޖެ އެވެ.
ސިފައިންގެ މޭޖާ އާތިފް އަވަހާރަވީ ކުއްލި ގޮތަކަށް ހދ. ހަނިމާދޫގަ އެވެ. ވީނިއުސްއަށް އެނގިފައިވާ އެނގިފައިވާ ގޮތުގައި އާތިފު ވަޒީފާ އަދާކުރައްވަނީ ވެސް ހަނިމާދޫގައި ހުންނަ ސިފައިންގެ މަރުކަޒުގެ އެންމެ އިސް ވެރިޔާގެ ގޮތުގަ އެވެ. އަދި އޭނާ އަވަހާރަވެފައިވާ ކަން އެނގުނީ އޭނާ ހޭނުލައްވައިގެން ބެލިއިރު އެވެ.
އާތިފަކީ ސިފައިންގޭގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި އަދި ސިފައިންގެ މިއުޒިކް ބޭންޑުން ވިދާލި ރާއްޖޭގެ މިއުޒިކީ ދާއިރާ އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.
މަޝްހޫރު ކޮޕްސް ބޭންޑްގެ އިސް ލަވަކިޔުންތެރިޔާގެ ގޮތުގައި އާތިފް ވިދާޅުވެފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ދޭނަން ހިތާ ޖާނާ..."، "ގެންދާށެ ވަޔާއޭ..."، ހިންދީ ލަވަ "ޕާޕާ ކެހެތޭހޭ..."، ފަދަ ލަވަތައް ހިމެނޭއިރު އޭނާ އަކީ ވަރަށް ގިނަ ގައުމީ ލަވަތައް ވިދާޅުވެފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ