ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބު މިއަދު ފަށައިފިއެވެ.
ޕީއެންސީގެ 131 ރަށު ދާއިރާއަށް މީހުން އިންތިހާބުކުރުމަށް މިއަދު ހެނދުނު 9:00ގައި ވޯޓުލުން ފަށާފައިވާއިރު، ހަވީރު 4:00އާ ހަމައަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ދާނެއެވެ.
އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ ޖޫން މަހުގެ 30ވަނަ އަށެވެ. ކުރިމަތިލި ޖުމްލަ މީހުންގެ އެޕްލިކޭޝަންތައް ބަލައި ނިމި އިންތިޚާބުގެ ކަންކަން ނިމޭއިރު އިންތިޚާބީ އެކި މަގަމުތަކުގައި 2500 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށް ޕީއެންސީން މީގެ ކުރިން ވަނީ ބުނެފައެވެ.
ރަށްރަށުގެ އިތުރުން މާލޭގައި ވެސް ވޯޓުލުން ކުރިއަށްދާއިރު މިއަދު މާލޭގައި ވޯޓުލުން ކުރިއަށް ދަނީ ފަސް އިންތިހާބީ މަރުކަޒުގައެވެ. އެއީ:
މާލެ، އަމީނިއްޔާ ސްކޫލް
މާލެ، އިސްކަންދަރު ސްކޫލް
ހުޅުމާލެ 2، ކާމިލް ދީދީ ޕްރީސްކޫލް
ހުޅުމާލެ 1، ރެހެންދި ސްކޫލް
ވިލިމާލެ، މުހިއްޔުއްދީން ސްކޫލް
އަދި އިންތިޚާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއްކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންނަށެވެ. އިންތިޚާބުގައި ވޯޓުލެވޭނީ ޖޫން މަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގައި ޕާޓީގެ ނަމުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަންޏެވެ. އީސީގެ ދަފްތަރުގައި މިވަގުތު ޕީއެންސީގެ 74،000 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ.
އިންތިޚާބުގައި ޕީއެންސީގެ ދާއިރާގެ ރައީސުން އިންތިޚާބުކުރަނީ ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުންނެވެ.
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލިސް އަންނަ ސެޕްޓޭމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، މިއަދު މަގާމުތައް އިންތިހާބުވާ ފަރާތްތަކަށް އެ ކޮންގްރެސްގައި ބައިވެރިވެވޭނެއެވެ.
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ