ކޯޓުއާ ގައުމީ ޓީމުން ބްރޭކެއް ނަގަނީ!

ބެލްޖިއަމްގެ ގޯލުކީޕަރު ޓީބާ ކޯޓުއާ ގައުމީ ޓީމުން ބްރޭކެއް ނަގަން ބޭނުންވާކަމަށް އޭނާ ބުނެފި އެވެ.
ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި ރޭ ސްޕެއިން އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ކޯޓުއާ ބުނެފައިވަނީ އޭނާ އެއް އަހަރު ދުވަހަށް ގައުމީ ޓީމާއި ދުރަށް ދާން ބޭނުންވާ ކަމަށެވެ.
"އަހަރެން ބޭނުންވަނީ ބެލްޖިއަމްގެ ޓީމަށް ނުކުޅެ އެއް އަހަރު ދުވަހުގެ ރެސްޓެއް ނަގަން." ކޯޓުއާ ބުނެފައިވެ އެވެ.
ކޯޓުއާ ބުނެފައިވަނީ ގައުމީ ޓީމުން އޭނާ ރެސްޓެއް ނަގަން ބޭނުންވަނީ އެއް އަހަރު ދުވަހަށް ކަމަށާއި އަދި އޭގެ ފަހުން ޔޫރޯ ކޮލިފައިންގެ މެޗުތަކުގެ އިތުރުން 2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމްއަށް ކުޅެން ބޭނުންވާ ކަމަށެވެ.
"އެއް އަހަރުގެ ބްރޭކެއް ނެގި ނަމަވެސް ޔޫރޯ 2028 ގައި އަހަރެން ކުޅެން ބޭނުންވޭ. ނަމަވެސް އެގޮތަށް ބެލްޖިއަމްގެ ފުޓްބޯޅަ ފެޑަރޭޝަނުން ގަބޫލުކުވާނެކަމެއް އަހަރެންނަކަށް ނޭނގޭ." ކޯޓުއާ އިތުރަށް ބުންޏެވެ.
ސްޕެއިން އާއި ދެކޮޅަށް ރޭ ކުޅުނު މެޗުގައި ކޯޓުއާ ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ. ނަމަވެސް ދެވަނަ ހާފުގައި އޭނާ އަށް ލިބުނު އަނިޔާގެ ސަބަބުން ކޯޗު ވަނީ މެޗުގެ 71 ވަނަ މިނިޓުގައި އޭނާ ބަދަލުކޮށްފަ އެވެ.
ނަމަވެސް މެޗަށްފަހު ކޯޓުއާ ބުނެފައިވަނީ އެ ބަދަލަކީ ކޯޗުގެ ނިންމުމެއް ކަމަށާއި އޭނާ ބޭނުންވީ އިތުރަށް 10 މިނިޓު ނަމަވެސް ކުޅެވޭތޯ މަޑު ކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ