މެމްބަރު ޝަހީމް ރަޖިސްޓްރީން ގެއްލިއްޖެ، އަދިވެސް ކަރަންޓީނުގައި!

ރެޖިސްޓްރީން ކަރަންޓީނުގައި ހުންނެވިކަމުގެ ރެކޯޑު ގެއްލުމުގެ ސަބަބުން ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުންނެވީ ކަރަންޓީނު ފެސިލިޓީގައި ތާށިވެވަޑައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް މެންބަރުންގެ ތެރެއިން ކަރަންޓީނުގައި ހުންނެވީ އެންމެ މެންބަރެއް ކަމަށާއި އެއީ ކަނޑިތީމު ދާއިރާގެ މެންބަރު ކަމަށެވެ. ނަމަވެސް ކަރަންޓީނުގައި އެ މެންބަރު ގެއްލިފައިވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މާލެ ސިޓީން ރަށްރަށަށްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީނުވުމުގެ އުސޫލަށް ލުއިތަކެއް ގެނައުމާއި އެކު މެމްބަރު ކަރަންޓީނުން ދޫކޮށްދެއްވުމަށް އެދިވަޑައިގެން ކަމަށާއި އެހެންނަމަވެސް، ކަރަންޓީނުގައި ހުންނެވިކަމުގެ ރެކޯޑު ގެއްލުމުގެ ސަބަބުން މެމްބަރު ހުންނެވީ ފެސިލިޓީގައި ތާށިވެވަޑައިގެން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ކަންހިނގާ ދިޔަ ފޮތް މިހާރު އަމީން އާއްމު ގެންދަވަނީ ބައްލަވަމުން ކަމަށެވެ.
"ދޫދެއްވާތީއާ އެކީގައި އެނބުރި ވަޑައިގެންނެވުމަށް އެދިވަޑައިގެންނެވީ، އެހެން ނަމަވެސް ބެލިއިރު އޭނާ އެތަނުގައި ރެޖިސްޓްރީ ވެފައި ނެތުމުން މެންބަރު އެތަނުން ދޫކޮށްލެވޭކަށެއް ނެތް. ނެތް މީހަކު ދުލެއްވެސް ނުކުރެވޭނެތާ، ދެން އިރާދަ ކުރެއްވިއްޔާ އަމީންއާއްމު އެބަ ބައްލަވާ ކަނޑިތީމު ދާއިރާގެ މެންބަރު ވުޖޫދަށް ގެނެވޭތޯ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ