"ގައުމަށްޓަކައި ތެދުވަމާހޭ / ގައުމުގެ ޝަރަފް ދިރުވަމާހޭ" ވިދާޅުވެ މިއަދު ރައީސް މައުމޫން ޓްވީޓެއް ކުރައްވައިފިއެވެ.
ރައީސް މައުމޫން މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ގައުމަށްޓަކައި ތެދުވަމާހޭ / ގައުމުގެ ޝަރަފް ދިރުވަމާހޭ" މިއީ ޖޯޝުން ފުރިފައިވާ ގައުމީ ލަވައެއް ކަމަށެވެ. އެލަވައަށް އިންތިޒާރު ކުރެއްވުމަށް ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ޓްވީޓްގައި އެދިވަޑައިގެންފައެވެ.
އެޓްވީޓްގައި ރައީސް މައުމޫން ވަނީ އެމަނިކުފާނު ފަހަކަށް އައިސް ވިދާޅުވަމުން ގެންދަވާ "އެންމެ ފުރަތަމަ ގައުމު" މިޝިއާރު ތަކުރާރު ކުރައްވާފައެވެ.
ގައުމަށްޓަކައި ތެދުވަމާހޭ ވިދާޅުވާ ލަވައަކަށް އިންތިޒާރު ކުރެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންނެވިއިރު އެމަނިކުފާނު އާއި ރައީސް ޔާމީން އާއި ދެމެދު މައްސަލަ ޖެހި ސިޔާސީ މައިދާން ވަނީ ހަނލަބޮލިވެފައެވެ.
މީގެ ކުރިން ރައީސް މަައުމޫން ވަނީ ބިރުފަހަނައަޅައި ދިއުމަށް ވެސް ގޮވާލައްވާފައެވެ.
ރައީސް މައުމޫންގެ އާލަވައެއް ނިކުންނަން ތައްޔާރުވަމުން ދާއިރު މިއީ ގައުމީ ލަވައެއް ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް މިއީ ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ތެދުވުމަށް ނުސީދާ އިޝާރާތެއް ދީފާނެ ލަވައެއް ކަމަށް ބެލެވެއެވެ. ސަބަބަކީ މިހާރު ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ރައީސް މައުމޫން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާތީއެވެ.
ރައީސް މައުމޫން އަކީ މީގެ ކުރިން ވެސް ވަރަށް ގިނަ ވަރަށް އަސަރުގަދަ ގައުމީ ލަވަތަކާއި މަދަހަތައް ހައްދަވާފައިވާ ބޭފުޅެކެވެ.
ގައުމަށްޓަކައި ތެދުވަމާ – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ