ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގެ މަގުން ކުރަންޖެހޭ ދަތުރުތަކަށް ވެސް ބުރޫއަރައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، މޫސުން ގޯސްވެ ޑިލޭވެފައި ވަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ފްލައިޓްތަކުގެ ދަތުރުތަކެވެ.
އެފް.އައި.އެސް.ޑޮމް.އެމްވީގައިވާ ގޮތުން މިއަދު މެންދުރު 12:55 ން 13:35 އާ ދެމެދު ޝެޑިއުލްކޮށްފައިވާ މޯލްޑިވިއަންގެ ހަ ފްލައިޓެއް ވަނީ ޑިލޭ ވެފައެވެ. އަދި މިއަދު ހަވީރު 16:15 ގައި ފުވައްމުލަކަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ފްލައިޓެއް ވަނީ ކެންސަލް ކޮށްފައެވެ. އިތުރު ދަތުރުތައް ވެސް ކެންސަލް ކުރަންޖެހިދާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ވެސް ނުކުރުމަށް ކަމާބެހޭ އިދާރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
މިހާތަނަށް ކަނޑުމަތީގެ 14 ހަދިސާއެއް ހިނގައި، މާލެއިން ފުރައިގެން މާލެ އަތޮޅު ތާޖް ކޮރަލް ރީފް އައިލެންޑް ރިސޯޓަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ވަނީ އަޑިއަށް ގޮސްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ވައިގެ ދަތުރުތަކަށް ބުރޫއަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ