ކާށިދޫ އާއި ގާފަރު ގުޅުވައިދޭ މެގަ ޕްރޮޖެކްޓްކަމަށްވާ ކޭބަލް ކާރު ހުޅުވުއްމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައިސް މުހައްމަދު ނަޝީދަށް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދައުވަތު އަރުވައިފިއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގައި އިންތިގާލީ އިންސާފުގެ ބިލަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ނަޝީދަކީ އިއްޒައްތެރި މަޖިލީހުގެ ރައީސް ކަމަށާއި އޭނާގެ ކޭބަލް ކާރު ޕްރޮޖެކްޓް ހުޅުވުމަށް ރައީސް ނަޝީދަށް ދައުވަތު އަރުވާ ކަމަށެވެ.
"ކާށިދޫގައި ކޭބަލް ކާރު މި އަޅަނީ، އިއްޒައްތެރި ރައީސްއަށް ފުރަތަމަ އެ ކޭބަލް ކާރު ހުޅުވަން އަޅުގަނޑު ދައުވަތު ދެން" ޖާބިރު ވިދާޅުވިއެވެ.
ކާށިދޫ އާއި ގާފަރު ގުޅުވާލުމަށް ޖާބިރު ތައްޔާރު ވަމުން އަންނަ އިރު އިޓަލީގެ ކުންފުންޏެއްގެ އިސްވެރިން ކާށިދޫ އާއި ގާފަރަށް ޒިޔާރަތްކޮށް އެ ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ސާފުކޮށްފައެވެ. "ވަގުތު" އަށް މައުލޫމާތު ދެމުން އިޓަލީގެ ސިންޓެކްނިކާ އިންޖީނިއަރިންގގެ ޕްރެޒިޑެންޓް ލުކާ ވިދާޅުވީ، މި ޕްރޮޖެކްޓް ކާށިދޫ އާއި ގާފަރާ ދެމެދު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ކޭބަލް ކާރުގެ އިތުރުން ޖާބިރު ވަނީ އެ ދާއިރާގައި ތަރައްގީ ކުރަން ނިންމާފައިވާ އެއާޕޯޓަށް "ޖާބިރު އެއާޕޯޓް"ގެ ނަމުން ނަން ދިނުމަށްވެސް ނިންމާފައެވެ.
ޖާބިރު މި ފަހަރު ކާށިދޫ ދާއިރާގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވީ ކޭބަލް ކާރުން ކާށިދޫ އާއި ގާފަރު ގުޅާލުމުގެ އިތުރުން އިތުރު ވަރަށް ގިނަ ވައުދު ވެސް އެދާއިރާ އަށް ވެވަޑައިގެންނެވެ. ޖާބިރު މިހާރު ގެންދަވަނީ އެވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވަމުންނެވެ.
ކާށިދޫ ދާއިރާގެ ކޭބަލް ކާރު ހުޅުވުމަށް ނަޝީދަށް ދައުވަތު އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ