ޕޭޕަރު ކޮޕީކޮށްގެން ފިޔަވަޅު އެޅުމަށް އެނގި ގާޒީ މުހައްމަދު ރާއިބު އަހުމަދު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ވ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މައުލޫމާތުދޭ ގޮތުގައި އެގޮތަށް ނިންމީ ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ވ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ކަމަށް ބަދަލުކޮށްދިނުން އެދުމުންނެވެ. މިހާރު އޭނާ ހުންނެވީ ގދ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓު ކަމުގެ މަގާމުގައެވެ.
ޖޭއެސްސީން މައުލޫމާތުދޭ ގޮތުގައި އެގޮތަށް ނިންމާފައިވަނީ ރާއިބު އެކަމަށް އެދި ސުޕްރީމްކޯޓަށް ސިޓީ ފޮނުވުމާ ގުޅިގެން އެ މެޖިސްޓްރޭޓްގެ ވަޒީފާ ވ.ޖުޑީޝަލް ދާއިރާއަށް ބަދަލުކޮށްފިނަމަ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އަންނާނެ ބަދަލުތަކާއި، މިހާރު އެ ކޯޓުގައި ހުރި މައްސަލަތަކުގެ އަދަދާއި ގދ.ޖުޑީޝަލްދާއިރާގައި މެޖިސްޓްރޭޓުން ތިއްބެވި އަދަދުގެ އިތުރުން ވ.ޖުޑީޝަލް ދާއިރާގައި މެޖިސްޓްރޭޓުން ގާއިމުވެ ތިއްބެވި ކޯޓުތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މަޝްވަރާކުރެއްވުމަށްފަހު ގދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އެދިލައްވާފައިވާ ގޮތަށް ވ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓް ކަމަށް ބަދަލުކޮށްދެއްވުމަށް އެދި މި ކޮމިޝަނުގައި ދެންނެވުމުންނެވެ.
ރާއިބު ވ.ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު ކަމަށް އައްޔަން ކުރި އިރު، އޭނާއާއި މެދު ފިޔަވަޅު އެޅުމަށް އޭސީސީން ވެސްވަނީ އަނގާފައެވެ.
ރާއިބު ވ.ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަށް ބަދަލު ކުރި އިރު، ތިނަދޫ މެޖިސްޓްރޭޓު ކޯޓުގެ ބައެއް މުވައްޒަފުންނާއި ގާޒީންވަނީ ރާއީބާއި ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައެވެ.
ޕޭޕަރު ކޮޕީ ކުރި ގާޒީ ވ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓުކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ