ދިވެހި ދައުލަތުގެ މުއައްސަސާގެ މީހުން ގެންގޮސްގެން ހަރަކާތްތެރި ކުރުވުމަށް ސުޕްރީމް ކޯޓަށް ޤާނޫނީ ގޮތުން އެއްވެސް ބާރެއް ލިބިގެން ނުވާކަމަށް އެމްޑީޕީގެ ޗެއާޕާރސަން ރީކޯ މޫސާ މަނިކް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚަބުގައި ހުޅުހެންވޭރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ ރީކޯ މޫސާ މަނިކްގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރީކޯ މޫސާ މަނިކް ވިދާޅުވީ، ޤާނޫނު އަސާސީގައި ހުރިހާ ބާރުތައް ލިޔެވިފައވާ އިރު، ސުޕްރީމް ކޯޓުން ހުރިހާ ކަމެއްގެ ހިންގަން މަސައްކަތް ކުރާ ކަމަށެވެ.
"ޤާނޫނު އަސާސީގައި ލިޔެފައި ބާރުތައް ވަކިން އޮއްވާ، މިއަދު ސުޕްރީމް ކޯޓު ދޮރު ހުޅުވާފައި ބުނަނީ، ތިމަންނަމެންނޭ ތަހްޤީޤް ކުރަނީ، ޝަރީޢަތް ކުރަނީ، އަދި ތަންފީޒް ކުރަނީ." ރީކޯ މޫސަ ވިދާޅުވިއެވެ.
ރީކޯ މޫސާ ވިދާޅުވީ، "ތިލަފަތަށް" ވޯޓް ނުދެއްވައިފި ނަމަ، މި ޤައުމު އަނބުރާ ރައްޔިތުންނަށް ނުލިބޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ދައުލަތުގެ ހުރިހާ ބާރުތައް ކޮންޓްރޯލް ކުރުމަށް އުޅޭ އުޅުމަކީ، ޤައުމު އަނބުރާ ނުލިބޭނެ ކަމުގެ ހެއްކެއް ކަމަށެވެ.
ރީކޯ މޫސާ ވިދާޅުވީ، މިކަމަށްޓަކައި ދައުލަތުގެ ބާރުތަކުގެ މައްޗަށް މަސައްކަތް ކުރާގޮތް ބަލައި، ފާރަވެރިވާންވީ ފަރާތެއް ބޭނުންވާނެ ކަމަށާއި، އެއީ އެމްޑީޕީއިން މަޖިލީހަށް ކުރިމަތިލާ މެމްބަރުން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަށް އެމްޑިޕީގެ މެމްބަރުން ވަންނަން އެބަ ބޭނުންވޭ. އެއީ، ދައުލަތުގެ ބާރުތަކުގެ މައްޗަށް އެހެން ބާރުތަކުން މަސައްކަތްކުރާ ގޮތް ބަލައި ފާރަވެރިވާންވީ ފަރާތެއް ބޭނުންވާތީ." ރީކޯ މޫސާ ވިދާޅުވިއެވެ.
ރީކޯ މޫސަ ވިދާޅުވީ ބެޔަސް ނުބެޔަސް 10,000 ރުފިޔާ ބޭނުންވާނެ ކަމަށާއި، އުމުރުން ދުވަސްވީ ފަރާތްތަކަށްވެސް 5000 ރުފިޔާ ބޭނުންވާނެ ކަން އެނގޭކަމަށެވެ. އަދި އެކަންކަން ކޮށްދޭނީ ސަރުކާރުން ނޫން ކަމަށާއި، އެކަން ކޮށްދޭނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް ރީކޯ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް މީހުން ގެންދިއުމުގެ ބާރު ލިބިގެންނުވޭ - ރީކޯ މޫސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ