ގާޒީ ހައްޔަރުކުރަން ރޭވީ މުލިޔާގޭ ވީއައިޕީ ރޫމް ގައި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން ރޭވީ މުލީއާގޭ ވީއައިޕީ ރޫމްގެ ތެރޭގައި ކަމަށް ދައުލަތުގެ ވަކީލުން މިރޭގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ދައުލަތުން ހުށަހެޅި ކްރައިމް ސީން ރިޕޯޓްގައިވާ ގޮތުން މުލިޔާގެ އިން ފެނުނު ފްލިޕް ޗާޓް އެއްގައި ހުރިހާ ކަމެއް ލިޔެފައި ވެއެވެ.
އޭގައި ވާގޮތުން އަބްދުﷲ ގާޒީ ހައްޔަރުކުރަން ޕްލޭން ކުރިއިރު ގާޒީގެ އުފަން ރަށަށް ފޮނުވާލުން އަދި ގޭގައި ބަންދުކުރުމަށް ވެސް އޮޕްޝަންތަކުގައި ލިޔެފައި ވެއެވެ.
އަދި ގާޒީ ހައްޔަރުކުރުމަކީ ޤާނޫނު އިމުގެ ބޭރުން ކުރެވޭ ކަމެއް ކަމަށް ވެސް އެޗާޓްގައި ލިޔެފައި ވެއެވެ.
ހެކި ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލް އަބްދުﷲ ރަބީއު ވިދާޅުވީ ގާޒީ ހައްޔަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި މަޝްވަރާ ކުރެވިފައި ވާތީ މިއީ ސީދާ ރައީސްގެ ބެލުމުގެ ދަށުން އަދި މަޝްވަރާގެ މަތިން ކުރިއަށް ގޮސްފައިވާ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ.
މީގެ އިތުރުން، ގާޒީ ހައްޔަރު ކުރުމަށް މާކުރިންވެސް ރޭވިފައި ވާކަމަށާއި، މިކަމުގައި ސިފައިން ބޭނުންކޮށްފައި ވާކަން އެނގޭ ކަމަށްވެސް ވަކީލް ވިދާޅުވިއެވެ.
ދައުލަތުން ހުށަހެޅުއްވި ހެއްކަށް ޖަވާބުދާރީވުމަށް ރައީސް ނަޝިދަށް ފުރުސަތު އެރުވުމުން ރައީސް ނަޝިދު ވިދާޅުވީ، ބޭނުންވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ކަމަށާއި، މިހާރު ކުރިއަށް ދަނީ ޝަރީޢަތެއް ކަމުގައި ޤަބޫލު ނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ