ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުން ޓީމް ރޯޔަލް އާއި ފެއިމްސް ޔުނައިޓެޑް ޖާގަ ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅެވުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އަމިއްލަފުށްޓާ ވާދަކޮށް ޓީމް ރޯޔަލް މޮޅުވީ 3-1 ލަނޑުންނެވެ.
މިމެޗުގައި ޓީމް ރޯޔަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަނަސް މުހައްމަދާއި މުއާޒް އަލީ އަދި ސާމީ އިބްރާހީމް އެވެ. އަދި އަމިއްލަފުށިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ޝިފާހެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ޓީމް ރޯޔަލްގެ ސާމީ އިބްރާހީމެވެ.
ކުއާޓާގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފެއިމްސް ޔުނައިޓެޑާއި ފޯސީޒަންސް ލަނޑާގިރާވަރެވެ. އެ މެޗު 5-1 ލަނޑުން ކާމިޔާބުކުރީ ފެއިމްސް ޔުނައިޓެޑެވެ.
ފެއިމްސް ޔުނައިޓެޑްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އާއި އަހުމަދު ހަނީފް އަދި އިޝާން އިބްރާހީމް (ސައްޓު) އެވެ. މުހައްމަދު ފާސިރާއި އަހުމަދު ހަނީފް، މިދެކުޅުންތެރިން ވަނީ އެޓީމަށް މެޗުގައި ދެގޯލު ޖަހައިދީފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފެއިމްސް ޔުނައިޓެޑްގެ ހަނީފް އެވެ.
ކުއާޓާގެ ފަހު ދެމެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވެލާ ސީޓީ އާއި ޔުނައިޓެޑް ވީ އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ވެލިގަނޑާއި ސޮނެވާފުށްޓެވެ.
އަހުމަދު ޝާހީން ފުޓްސަލް ޗެލެންޖްގެ ސެމީއަށް ޓީމް ރޯޔަލްއާއި ފެއިމްސް ޔުނައިޓެޑް ދަތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ