އިންތިހާބާ ގުޅޭ މައްސަލައިގެ ހުކުމް: އައިޝާގެ ޝުކުރު ސުޕްރީމް ކޯޓަށް

23 ސެޕްޓެންބަރުގައި ދިވެހި ރައްޔިތުން އިއްވި ރައްޔިތުން އިއްވި ހުކުމް ރާއްޖޭގެ އެންމެ މަތީ ކޯޓުން ދެމެހެއްޓުމަކީ އިސްލާހުގެ މަސައްކަތަށް ހިންގަމުންދާ ހަރަކާތްތަކަށް ލިބުނު ހިތްވަރެއްކަމަށް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ (އައިޝާ) ވިދާޅުވެއްޖެއެވެ.
އައިޝާ މިހެން ވިދާޅުވެފައި މިވަނީ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ރައީސް ޔާމިން ހުށަހެޅުށްވި މައްސަލައި ސުޕްރީމް ކޯޓުން ހުކުމް އިއްވުމާއި ގުޅިގެންނެވެ.
އިންތިހާބް ބާތިލުކުރަން ހުށަހެޅުއްވި މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ސެޕްޓެންބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކުރަންޖެހޭ އެއްވެސް ހެއްކެއް ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށާއި އިންތިހާބަކީ ސައްހަ އިންތިހާބެއް ކަމަށެވެ.
ސުޕްރީމް ކޯޓުން އިއްޔެ ހުކުމް އިއްވި އިރު ރައީސް ޔާމިންގެ ފަރާތުން ހުށަހެޅުއްވި ތިން ސިއްރު ހެކިން ސުޕްރީމް ކޯޓުން ބަލައިގަނެފައެއް ނުވެއެވެ.
މި ދާއިރާގައި ފުންނާބު އުސް ގިނަ ބޭފުޅުން ވަނީ މިފަދަ މައްސަލައެއްގައި ސިއްރު ހެކި ނެގުމަކީ މަސްލަހަތު ތަންދޭކަމެއް ނޫންކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ