އިރާދަކުރެއްވިއްޔާ މި އަޒުމެއް ނުގުޑާނެ: ރައީސް މައުމޫން

އިރާދަކުރެއްވިއްޔާ މި އަޒުމެއް ނުގުޑާނެކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ މި އަޒުމެއް ނުގުޑާނެ ކަމަށާއި، އަދި ހިތްވަރެއް ނޭލޭނެކަމަށެވެ. ރައީސް މައުމޫނު މިހެން ވިދާޅުވިއިރު، ސުޕްރީމް ކޯޓުން ވަނީ ޕީޕީއެމްގެ ރައީސްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކަނޑައެޅުނު ކޮންްގްރެސް ސައްޚަކަމަށް ނިންމާފައެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްހަ ނޫން ކަމަށް ހައި ކޯޓުން ކަނޑައެޅުމުން ސުޕްރީމް ކޯޓުގައި އެ ކޮމިޝަނުން އިސްތިއުނާފު ކުރި މައްސަލާގައި މިއަދު އިއްވި ހުކުމުގައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިމައްސަލަ ނިންމާފައިވާއިރު ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކޮށްދިނުމަށް އެދި އާންމު މެމްބަރަކު ހުށަހެޅި މައްސަލައިގެ ޝަރީއަތް ވެސް ސުޕްރީމް ކޯޓުގައި ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ