ޖަލުން މިނިވަން ވުމާއި އެކު އަބްދުﷲ ރިޔާޒު ދާއިރާއަށް ފުރާވަޑައިގެންފި

ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކުރުމަށްފަހު ހައްޔަރު ކުރި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މެމްބަރުން ޖަލުން މިނިވަން ވުމާއި އެކު ދާއިރާ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިއަދު ފުރާ ވަޑައިގެންފިއެވެ.
On my way to my constituency. Look forward to meet and thank to all those who tirelessly campaigned for ⁦@ibusolih⁩ and ⁦@FaisalNasym⁩ . pic.twitter.com/BKJsjCNKq7
— Abdulla Riyaz MP (@riyazabdulla) September 27, 2018
ފުލުހުންގެ ތަހުޤީޤަށް ފޯނު ނުދިން ކަމަށް ބުނެ ރިޔާޒުގެ މައްޗަށް އުފުލި ޤާނޫނު ތަންފީޒްކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާ މިނިވަންކޮށް ދޫކޮށްލީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
މިނިވަން ވުމާއި އެކު ކްރިމިނަލް ކޯޓުގެ ބޭރުގައި މީޑިއާ އާއި ބައްދަލުކުރައްވައި ރިޔާޒުވަނީ ކިނިބިދޫ ދާއިރާގެ ރައްޔިތުންނަށް އިބޫ/ފައިސަލްއަށް ވޯޓު ދެއްވީތީ ޝުކުރު ދަންނަވާފައެވެ. ރިޔާޒު ވިދާޅުވީ ޖަލުގައި ހުންނަވައި ދާއިރާގެ ވަކިވަކި ރަށްތަކަށް ފޮނުއްވި މެސެޖް ރައްޔިތުން ބަލައި ގަނެ، ބޮޑު ތަނުން އިބޫއަށް ވޯޓު ދެއްވާފައިވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ މި ދަތުރަކީ މި ކެމްޕެއިންގައި ބުރަކޮށް މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ