ކަރަންޓުގެ މައްސަލައަށް މީދޫއިން ބޭނުންވަނީ ދާއިމީ ހައްލެއްކަމަށް މީދޫ ކައުންސިލުން ބުނެފި

މީދޫގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލު ބޭނުންނުވާ ކަމަށާއި މިހާރު ބޭނުންވަނީ ދާއިމީ ހައްލެއްކަމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެކަމަށް މީދޫ ކައުންސިލްގެ ރައީސް ހުސައިން އަފީފު ވިދާޅުވެއްޖެއެވެ.
 
މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން އަފީފު ވިދާޅުވީ ވަގުތީ ހައްލު ހޯދާތާ މިހާރު ދެމަސްދުވަސްވެއްޖެކަމަށާއި މިހާރު ކައުންސިލުންވެސް ބޭނުންވަނީ ދާއިމީ ހައްލެއްކަމަށް ފެނަކަ ކޯޕަރޭޝަނަށް އަންގާފައިވާނެކަމަށެވެ. 
 
ވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި އެތަކެއް ފަހަރަކު މުޅި ރަށުން ކަރަންޓު ގޮސްފައިވާއިރު ކޮންމެ ފަހަރަކުވެސް ވަގުތީ ހައްލެއް ހޯދައިގެން އަނެއް ހަފްތާއެއްހާ ދވަހު ކަރަންޓުދީފައިވެއެވެ. އެހެންނަމަވެސް މިކަމަށް ދާއިމި ހައްލެއް ނައިސް ރެއިން ފެށިގެން މީދޫގެ 80% ގެތަކަށް ކަރަންޓުދެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ