މިއަހަރުގެ ޖަނަވަރީ މަހު އެމެރިކާއިން އީރާނަށް 400 މިލިއަން ޑޮލަރު ނަގުދު ފައިސާ ދިން މައްސަލަ ހޫނު ވަމުން އެބަދެއެވެ. އެފައިސާ ދީފައިވަނީ އީރާނުގެ ކަނޑުގެ ސަރަހައްދަށް ވަންކަމަށް ބުނެ އީރާނުން އެމެރިކާގެ ކަނޑުގެ ސިފައިންގެ ބައަކު ރަހީނުކުރި ދުވަހުއެވެ.
މިކަމާއި ގުޅިގެން ޕެންޓެގަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮބާމާ ވިދާޅުވީ އެ ފައިސާ ދެއްވީ ރަހީނުން މިނިވަންކުރުމަށް އަގެއްގެގޮތުގައި ނޫން ކަމަށެވެ. އެ ފައިސާ ދެއްވީ ޒަމާނުންސުރެ ދެ ޤައުމުގެ މެދުގައި ހުރި މާލީ މައްސަލަތައް ޙައްލުކުރެއްވުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ފާޑުކިޔާމީހުން ބުނަނީ އިރާނުން ނުވަތަ އެހެން ޤައުމަކުން ނަމަވެސް ބައަކު ރަހީނުކުރާ ކޮންމެ ދުވަހަކު އެތައް ސަތޭކަ މިލިއަނުން ޑޮލަރު ދޭނަމަ އެފަދަ އަމަލުތައް ހިންގުން ދާނީ އިތުރުވަމުން ކަމަށެވެ.
އީރާނާ ދެކޮޅަށް އީޔޫ އާއި އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިއަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ނައްތާލައިފައެވެ.
އެމެރިކާއިން އީރާނަށް 400 މިލިއަން ޑޮލަރު ނަގުދު ފައިސާ ދިން މައްސަލަ ހޫނު ވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ