ރައީސް މައުމޫނުގެ އަމިއްލަ އެދުމެއްނެތް : މައުމޫނު ހަމީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަސައްކަތްޕުޅުކުރައްވަނީ "އަމިއްލަ އެދުުންފުޅުގައި" ނޫން ކަމަށާއި , އެމަނިކުފާނު މަސައްކަތް ކުރައްވަނީ ގައުމީ މަސްލަހަތަށް ކަމަށް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ, ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ސިޔާސީ ގޮތުން ސަރުކާރާއި ދެކޮޅަށް މައުމޫނު މަސައްކަތް ކުރައްވާތީ ގިނަ ބަޔަކު ދަނީ މައުމޫނު މަސައްކަތް ކުރައްވަނީ އަމިއްލަ އެދުމުގައި ކަމަށް ބުނެ ފާޑު ކިޔަމުންނެވެ.
މައުމޫނު ހަމީދުގެ ފޭސްބުކްގައި މިއަދު ލިއުއްވި ޕޯސްޓެއްގައި އޭނާ ވަނީ ސަރުކާރުގެ ޚިނާޔާތާއި ނާޖާއިޒު ގޮތުގައި ބޭނުންކުރާ ބާރާ ދެކޮޅަށް ފާޑުވިދާޅުވުމުގެ ކުރިން ކަންވަމުން އައި ގޮތާއި އޭގެ ފަހުން ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް ހަނދާންކޮށްލުށް އެދި ވަޑައިގެންފައެވެ.
އަދި ސަރުކާރަށް ފާޑުވިދާޅުވާން ފެށުމުން "މިނިވަން" މުއައްސަސާތަކުން އެކި ތުހުމަތުތަކުގައި މައުމޫނާ ސުވާލުކޮށް, ގާނޫނީ ގޮތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭ އިނާޔަތާއި ހިމާޔަތަށް ބަދަލުގެނެސްފަ އިވާ ކަމަށެވެ.
އަދި ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން، ދޭތެރެ ދޭތެރެ އިން ޕޮލިހަށް ހާޒިރުކޮށް ސަރުކާރުގެ އެކި އިދާރާއަކުން މައުމޫނާ ދެކޮޅަށް އެޅެން އޮތް ފިޔަވަޅެއް އަޅަމުން އަންނަ މަންޒަރު ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ސަރުކާރުގެ ޚިނާޔާތާއި ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ މައްސަލަތަކާ ބެހޭ ގޮތުން ފާޑުކިއުއްވަން ފެއްޓެވުމުގެ ކުރިން ރައީސް މައުމޫނަށް އެއިން އެއްވެސް ކަމެއް ދިމާވިތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.
"މި ހުރިހާ ކަމަކަށް މިންއަޅާ ނަމަ ފެންނަން އޮތީ އަމިއްލަ އެދުމަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރާ ކަމެވެ،" މައުމޫން ހަމީދު ލިއުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ