ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުހައްގުން ޖަލަށްލާފައިވާތީ އެކަމާ ދެކޮޅަށް އއ. ތޮއްޑޫގައި އިހުތިޖާޖު ކޮށްފިއެވެ.
މިރޭ ތޮއްޑޫގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ބައިވެރިވި ރައްޔިތުން ވަނީ ގާސިމް އިބްރާހިމް މިހާރުން މިހާރަށް ދޫކޮށްލުން ގޮވާލާފައެވެ.
ގިނަ އަދަދެއްގެ ތޮއްޑޫ ރައްޔިތުން ބައިވެރިވި މި އިހުތިޖާޖުގެ ބައެިވެރިން ވަނީ ގާސިމަށް ދެމުންދާ އަނިޔާތައް ފެނުމުން އެތާއީދު ރައްޔިތުން މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށް ވިދާޅުވެ ޝުއޫރު ފާޅުކޮށްފައެވެ.
ގާސިމް އިބްރާހިމްގެ އިތުރުން، ސަރުކާރުން ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި އެހެންމީހުންވެސް މިނިވަން ކުރުމަށް ތޮއްޑޫ ރައްޔިތުން ވަނީ ގޮވާލާފައެވެ.
ގާސިމް އިބްރާހީމަށް ނުހައްގުން ދެމުންގެންދާ އަނިޔާއާއި ދެކޮޅަށް އިއްޔެ ވަނީ ބ. ތުޅާދޫއާއި ޅ. ނައިފަރާއި އދ. ފެންފުށީގައިވެސް އިހުތިޖާޖު ކޮށްފައެވެ.
ގާސިމް އިބްރާހިމް ހައްޔަރުކުރިތާ 5 ދުވަސް މިހާތަނަށް ވީއިރު، ގިނަ އަދަދެއްގެ ރައްޔިތުން މާލޭގެ އިތުރުން އަތޮޅު ތަކުގައިވެސް އަންނަނީ އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންނެވެ.
6 އޭޕްރީލް 2017 ވަނަ ދުވަހުގެރޭ 7:30 ހާއިރު ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ ގެކޮޅު މ.މާފަންނުވިލާގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންސްފައިވާއިރު، އެމަނިކުފާނުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 6 ދުވަސް އިތުރުކޮށްފައެވެ.
ގާސިމް ދޫކޮށްލުމަށް ގޮވާލައި ތޮއްޑޫ ރައްޔިތުން އަޑުއުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ