އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުގައި، މި މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނީ ސ.މަރަދޫ / އާލް ، އަޙްމަދު ޙާރިޝް (32އ) އެވެ. އެގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައިކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށް ކޯޓު ޢަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާކަމަށެވެ. މި މައްސަލާގައި، އަޙްމަދު ޙާރިޝްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ.
މި މައްސަލަ ތަޙުޤީޤު ކުރަމުންދާކަން ފާހަގަކޮށް ފުލުހުން އިތުރަށް ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ އެހެން މައްސަލައެއް ގަން ޕޮލިހުންވެސް ތަޙުޤީޤު ކުރަމުންދާކަމަށެވެ.
އައްޑޫގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ