ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާއިން ވަކިކުރަމުން ދަނީ އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާ މުވައްޒަފުން ކަމަށާއި އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ބައިވެރިވާ ހުރިހާ އެންމެންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށް ކުރީގެ އިގްތިސާދީ މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައެއް މުވައްޒަފުންގެ މަގާމު އުވައިލުމަށްފަހު، އެޗްޑީސީން ވަޒީފާއިން ވަކިކުރަމުން ދަނީ ވަޒީފާއާ ބެހޭ ގާނޫނާ ވެސް ހިލާފަށް ކަމަށެވެ.
MU STORE
Yes Maldives Pvt Ltd
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
"އެޗްޑީސީގެ އެތައް މުވައްޒަފުންނެއް ކަނޑަމުންދަނީ ވަޒީފާއާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް. 24 ގަޑިއިރުގެ ނޯޓިސް ވެސް ނުދީ އެމްޑީޕީއަށް ތާއީދުކުރާ އެތައް ސަތޭކަ މުވައްޒަފުންނަށް ވަނީ ވަޒީފާއިން ވަކިވުމަށް މަޖުބޫރުކޮށްފައި،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ތުހުމަތު ކުރެއްވި ގޮތުގައި، އެޗްޑީސީގެ ވަޒީފާއިން މުވައްޒަފުން ވަކިކުރަމުން ދަނީ ވެރިކަން ކުރާ ޕީއެންސީން ތައްޔާރުކުރި ލިސްޓަކަށް ބަލައިގެންނެވެ. އެގޮތުން، އެތައް އަހަރަކު އެ ކުންފުންޏަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް ވެސް ބެލުމެއް ނެތި، ވަޒީފާއިން ކަނޑާލުމަށްފަހު، ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ދެމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ސިޔާސީ ގޮތުން ޓާގެޓުކޮށް އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވައިލުމަކީ ދެވޭ ބޮޑު އަނިޔާއެއް. ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ކުރަމުންދާ ހަމައެކަނި ކަމަކީ މުއިއްޒުއަށް ތާއީދުނުކުރާ މީހުން ވަކިކުރުން،" ފައްޔާޒް ވިދާޅުވި އެވެ.
"މިކަމުގައި ބައިވެރިވާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ."
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ޕީސީބީން އެންގި އެންގުމާ އެއްގޮތަށް، އެޗްޑީސީގެ ބައެއް މަގާމުތައް އުވާލައި މުވައްޒަފުން ވަކިކުރަން އެ ކުންފުނިން ވަނީ ނިންމާފައެވެ. މިގޮތުން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ވޮލަންޓަރީ ރިޓަޔަމަންޓަށް ހުށަހެޅުމުގެ ފުރުސަތު ކުރު މުއްދަތަކަށް ހުޅުވާލާފައިވާއިރު، އެ ފުރުސަތުގެ ބޭނުންނުހިފާ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އެ ކުންފުނިން ވަނީ އަންގާފައެވެ.
އެޗްޑީސީގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް ކަނޑާލަން ނިންމައި އީމެއިލް މެދުވެރިކޮށް އެކަން މުވައްޒަފުންނަށް އަންގަން ފެށީ މިއަދު އެވެ. އެ ކުންފުނިން ނޯޓިސް ފޮނުވަމުންދާ މުވައްޒަފުންނަށް އަންގަމުން ދަނީ އަދާކުރަމުންދާ މަގާމު އުވާލާފައިވާ ކަމަށެވެ.
އެޗްޑީސީގައި 2،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ ކުންފުނިން މުވައްޒަފުން މަދު ކުރަނީ އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދު ކުރަން ސަރުކާރުތަކުގެ ބެލެނިވެރި އިދާރާ ޕީސީބީ އިން އެންގުމުންނެވެ. މިގޮތަށް ވަކިކުރަން ހަމަޖެހިފައިވަނީ ކިތައް މުވައްޒަފުން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
އެ އެންގުމާ ހަވާލާދީ މަގާމުތައް އުވާލާއިރު ވަކިކުރާ މުވައްޒަފުންނަށް ވަނި ވޮލަންޓަރީ ރިޓަޔަމަންޓަށް ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ. ނަމަވެސް ދީފައިވަނީ ވަރަށް ކުޑަ މުއްދަތެކެވެ. ވޮލަންޓަރީ ރިޓަޔަމަންޓަށް އެދުމުގެ ފުރުސަތު އޮތީ މާދަމާ މެންދުރު 12:00 އާ ހަމައަށެވެ.
އެ ފުރުސަތުގެ ބޭނުންނުހިފާ މުވައްޒަފުން ގާނޫނުތަކާއި އެއްގޮތަކަށް ވަޒީފާއިން ވަކިކުރާނެކަން އީމެއިލްގައި ބަޔާންކޮށްފައިވެ އެވެ.
އެޗްޑީސީ އިން ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި 12، ގައި ހުޅުވާލި އެވެ. ވަކިވާން އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގެ ހޯމަ ދުވަހަށް ހަމަވާނެ އެވެ. ވަޒީފާ ދޫކޮށްލާ މުވައްޒަފުން ހުށަހަޅަންޖެހެނީ އޮންލައިން ފޯމެކެވެ.
އެޗްޑީސީން ވަކިކުރަމުން ދަނީ އެމްޑީޕީއަށް ތާއީދުކުރާ މީހުން، ވެރިންނާ ގާނޫނު އަރާ ހަމަކުރާނެ: ފައްޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ