މަސްތުވާތަކެއްޗާއެކު ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވިދުވަރު / ރ.އިންނަމާދޫ ، މުޙައްމަދު ސަމޫހް (25އ) އާއި ރޯޝަން / މިސްކިތްމަގު، ޏ.ފުވައްމުލައް، އިބްރާހީމް ޞަލާޙު (32އ) އެވެ. އެގޮތުން، މި ދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައިކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިހުން ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މި ދެމީހުން ހުއްޓުވައި، ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ.
މީގެއިތުރުން، މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން، މުޙައްމަދު ސަމޫހް 10 ދުވަހަށް އަދި އިބްރާހީމް ޞަލާޙު 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން ޢަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މަސްތުވާތަކެއްޗާއެކު ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ