ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑު އެހުންތައް ހައިކޯޓްގައި މިއަދު ފަށައިފި އެވެ. މީގެ އިރުކޮޅެއް ކުރިން ގާސިމް ވަނީ ދުނިދޫއިން ގެނެސް ހައިކޯޓަށް ވައްދައިފަ އެވެ.
ގާސިމްގެ ޝަރީއަތާ ދިމާކޮށް އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. ބޮޑު ސަރަހައްދެއް ވަނީ ބަންދުކޮށްފަ އެވެ. ގާސިމްގެ މައްޗަށް ތަހުގީގު ކުރާ ރިޝްވަތުގެ މައްސަލައިގައި އޭނާ ހަ ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ހަ ދުވަސް ހަމަވާނީ މާދަމާ އަަށެވެ.
ގާސިމްގެ ދިފާއީ ވަކީލުން ހައިކޯޓްގައި މައްސަލަ އިސްތިއުނާފު ކުރީ ގާސިމް ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނުގެ ބޭރުން ކަމަށް ބުނެ އެވެ. އަދި ގާސިމްގެ ހައްޔަރަކީ ގާނޫނާ ހިލާފު ހައްޔަރެއް ކަމަށް ކަނޑައަޅައިދޭން އެދިފައިވެ އެވެ.
އިއްޔެގެ ވަގުތެއްގައި ޕީޖީ އިން ވަނީ ގާސިމްގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް ކޯޓަށް ފޮނުވައިފަ އެވެ. ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން މަސައްކަތް ކުރި ކަމުގެ ދައުވާ އެވެ.
ގާސިމް ހައިކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ