ގާސިމް ދެވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ޖުުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ. މިދިޔަ ހަފްތާވެސް ގާސިމް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭރު ގާސިމްގެ ހާޒިރު ކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ކައިރިވެފައި ވަނިކޮށް މެމްބަރުންނަށް ރިޝްވަތު ދޭނެ ކަމަށް ބުނެ ވާހަކަދެއްކި ކަމުގެ ތުހުމަތުގަ އެވެ. މިރޭ 9:00 އަށް އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާކަން ގާސިމްގެ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް މިރޭ ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ