މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރާއްޖޭގެ 25 ސަރަހައްދެއްގައި ހަރުކުރުމަށް ހަމަޖެހިފައިވާ އޮޓޮމެޓިކް ވެދަރ ސްޓޭޝަންތައް ހަރުކުރުމުގެ މަސައްކަތުގައި އިޓަލީގެ ކުންފުންޏަކާއިއެކު ޖޮއިންޓް ވެންޗަރ އުސޫލުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މެޓް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ޤާއިމްކުރެވިފައިވާ 'މޫސުމީ ވިއުގަ" އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ރާއްޖޭގެ 25 ސަރަހައްދެއްގައި "އޮޓޮމެޓިކް ވެދަރ ސްޓޭޝަންތައް" ހަރުކުރުމަށް ބޭނުންވާކަމަށެވެ.
މިމަސައްކަތުގެ ތެރޭގައި ހިމެނެނީ، މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ސްޓޭޝަންތަށް ފޯރުކޮށްދީ، އިންސްޓޯލްކޮށްދިނުމަށް ހޮވާ އިޓަލީވިލާތުގެ ކުންފުންޏާއެކު ޖޮއިންޓް ވެންޗަރ އުސޫލުން ގުޅި މިކުންފުންޏާއިއެކު ކުރުމަށް އެއްބަސްވެވޭ ހުރިހާ މަސައްކަތެއް ކަމަށް އިއުލާންގައި ވެއެވެ.
ވީމާ، މިމަޝްރޫޢުގެ މަސައްކަތްތަކަށް ޝައުގުވެރިވާ، ޤާބިލްކަންހުރި ދިވެހި ކުންފުނިތަކުން މިމަސައްކަތް ކުރުމަަށް ޝައުގުވެރިކަން (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް) ފާޅުކުރުމުގެ ފުރުސަތު ހުޅުވާލީ ކަމަށް އިއުލާންގައި ވިދާޅުވެފައިވެއެވެ.
މިމަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެބްސައިޓްގައި ވަނީ އާންމު ކޮށްފައެވެ.
މިމަޝްރޫއުއާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 11 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައެވެ. ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ އިހްތިޔާރް ލިބިގެންވާކަމަށާއި ނަމަވެސް ދެވޭ މުހިންމު މަޢުލޫމާތެއް މިފަދަ ފަރާތްތަކަށް ނުލިބިދާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
"އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުޅުވުމަށް ހަމަޖެހިފައިވަނީ 18 އޭޕްރީލް 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގައި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 18 އޭޕްރީލް 2017 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ހުށަހެޅުއްވުން އެދެމެވެ.
މޫސުން ލަފާކުރާނެ 25 ސްޓޭޝަންގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ