ހައްޔަރުކުރި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވޭ - ޕޮލިސް

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި އިންޓެލިޖެންސް ޑިޕާރޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ޕެކެޓާއިއެކު 4 މީހުންގެ ތެރެއިން ދެމީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނު ކަމަށް ފުލުހުން ބުނެފި އެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރާއި 27 އަހަރާއި 21 އހަރުގެ ފިރިހެނުންނާއި 29 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 20 އަހަރުގެ ފިރިހެން މީހާގެ ހަށިގަނޑު ބަލާ ފާސްކުރިކުރުމުން 30،000 ރ (ތިރީސް ހާސް ރުފިޔާ) ފެނިފައިވާ ކަމަށެވެ.
އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 27 އަހަރުގެ ފިރިހެން މީހާގެ ހަށިގަނޑު ބަލާ ފާސްކުރިކުރުމުން 11،00$ ( އެގާރަ ސަތޭކަ ޔޫއެސް ޑޮލަރު) އާއި 3000ރ (ތިން ހާސް ރުފިޔާ) ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން އިއްޔެ މެންދުރު ފަހު 2:40 ހާއިރު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓްތައް ފެނިފައިވަނީ ފުލުހުން ބަލާ ފާސްކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ