އަހާ: ވަޒީރުންގެ ދެވަނަ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، "އަހާ" ސިލްސިލާގެ ފޯރަމެއް ފެބްރުއަރީ 23 ވަނަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ.
ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ގޮތުން ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ "އަހާ" ފޯރަމްގެ ދެވަނަ ބައްދަލްވުން ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މި ފަހަރުގެ ފޯރަމް ގައި ވެސް ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި ފަހަރުގެ ފޯރަމް ގައި ބައިވެރިވެވަޑައިގަންނަވާނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި ދާހީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމާއި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދެވެ."އަހާ" ފޯރަމްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާއެކެވެ. މި ސިލްސިލާގެ ފުރަތަމަ ފޯރަމް ގައި މިދިޔަ ޖެނުއަރީ މަހު ވަނީ ވަޒީރުންނާ ސީދާ ސުވާލުކުރުމަށް ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދީފައެވެ.އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، "އަހާ" ސިލްސިލާގެ ފޯރަމެއް ފެބްރުއަރީ 23 ވަނަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ގޮތުން ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ ޑިސެންބަރު މަހު އެވެ. ރައީސް ވިދާޅުވީ ކޮންމެ މަހުން އެއްފަހަރު ސީދާ އެމަނިކުފާނު ވެސް އެ ގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ