ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމަށް އޭޓީއެމް ފެއާއިން ގިނަ ފައިދާތަކެއް ކުރާނެ : ނޫރެއިން

ނޫރެއިން ވިދާޅުވި ގޮތުގައި ޑަބްލިއުޓީއޭ ސަސްޓޭނަބަލް އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ ބޮޑު ކާމިޔާބީއެކެވެ. މި އެވޯޑުން ރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތަށް ކުރިއަށް ގެންދަން ކުރާ މަސައްކަތް ދުނިޔެއަށް އެނގިގެންދާނެ އެވެ.
ރާއްޖޭގެ ލަގްޒަރީ މަތީ ފަންތީގެ ޓޫރިޒަމާއި ޖުމްލަކޮށް މުޅި ޓޫރިޒަމަށް ދުބާއީ އެރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުގެ މާކެޓިން ކުންފުނީގެ ޗެއާޕާސަން ނޫރެއިން ޖަނާހު ވިދާޅުވެއްޖެ އެވެ. 
ދުބާއީގައި މިހާރު ކުރިއަށްދާ އޭޓީއެމް ފެއާއާ ބެހޭ ގޮތުން އެމްއެމްޕީއާރުސީގެ ފުރަތަމަ އަންހެން ޗެއާޕާސަން ނޫރެއިން "މިރާ" އަށް ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ އެމްޑީ ފާތުމަތު ތައުފީގު އަދި އިންޑަސްޓްރީ ތަމްސީލްކުރާ ޖަމިއްޔާތައް ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ޓޫރިޒަމްގެ ގިނަ މައުލޫމާތުތަކެއް ވަނީ ދެވިފަ އެވެ. އަދި ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމް ކުރިއަރައިގެން އަންނަ ގޮތާއި ރާއްޖޭގެ ތަރައްގީ ކުރުމުގައި ދެމެހެއްޓެނިވި ޓޫރިޒަމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ގިނަ މީޑިއާތަކަށް ދެވިފައިވާ ކަމަށް ޗެއާޕާސަން ވިދާޅުވި އެވެ. 
ނޫރެއިން ވިދާޅުވި ގޮތުގައި ދުބާއީއަކީ ރާއްޖޭގެ ޓޫރިޒަމަށް ގިނަ އަދަދެއްގެ ބަޔަކު އަންނަ މަންޒިލަކަށް ނުވިނަމަވެސް އޭޓީއެމް ފެއާ މިތަނުގައި ބޭއްވުމަކީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމަށް މުހިންމު ކަމެކެވެ. މި ފެއާގައި މިފަހަރު ވެސް ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ބޮޑެތި ކުންފުނިތަކާއި އެއާލައިންތަކާއެކު މަޝްވަރާ ކުރުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 
"އަޅުގަނޑުމެން ގަތަރު އެއާވޭސްއާއެކު ވެސް އިއްޔެ ބައްދަލު ކޮށްފިން. އެ ބޭފުޅުންނަކީ ކޮވިޑުގެ ދުވަސްވަރު ރާއްޖޭގެ ޓޫރިޒަމް ހިފަހައްޓަން އެންމެ ބޮޑަށް މަސައްކަތް ކުރި އެއާލައިން. މިހާރުވެސް އެ އެއާލައިންއާއެކު އެއްބަސްވުމެއް އެބައޮތް. މީގެ އިތުރުންވެސް ގަތަރު އެއާވޭސްއާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާ ކުރެވުނު،" ނޫރެއިން ވިދާޅުވި އެވެ. 
ނިއުޒިލޭންޑުގައި މަސައްކަތް ކުރައްވައި ބައިނަލްއަގުވާމީ ގޮތުން ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވައިގެން ހުންނެވި ނޫރެއިން ވިދާޅުވި ގޮތުގައި އޭޓީއެމް ފެއާ ދުބާއީގައި ކުރިއަށްދާއިރު ވޯލްޑް ޓްރެވަލް އެވޯޑް (ޑަބްލިއުޓީއޭ) ގެ އެންމެ މުހިންމު ވަނަތައް ރާއްޖެއަށް ލިބުމަކީ ލިބިގެން ދިޔަ ބޮޑު ކުރިއެރުމެކެވެ. ހާއްސަކޮށް ވޯލްޑް ޓްރެވަލް އެވޯޑުގެ ސަސްޓޭނަބަލް ޓޫރިޒަމްގެ އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެ ހޯދުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ނޫރެއިން ވިދާޅުވި އެވެ. 
"ދުނިޔެވެސް ދަންނާނެ ރާއްޖެއަކީ އެންމެ ސަސްޓޭނަބަލް ޓޫރިޒަމް މަންޒިލްކަން. މިހެން އޮއްވަ މި އެވޯޑް ލިބުމަކީ އިތުރަށް މިކަން ވަރުގަދަ ވެގެންދާނެ ކަމެއް. މީގެ އިތުރުން މި ފަހަރު ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑުވެސް ލިބުނު. މި އެވޯޑު ލިބިފައި މިވަނީ 2019 ގެ ފަހުން މެދު ކެނޑުމަކަށްފަހު،" ނޫރެއިން ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ