ސަފީރުކަމަށް އައްޔަންކުރެއްވި 9 ބޭފުޅަކަށް ފަތްކޮޅު އަރުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޭރު ގައުމުތަކަށާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތައް ހިމެނޭގޮތަށް 9 ސަފީރުން މިއަދު އައްޔަނުކުރައްވައިފި އެވެ.މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު، ރައީސް ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.މިގޮތުން ޢައްޔަނު ކުރެއްވި ނުވަ ބޭފުޅުންނަކީ:1. އެކުވެރި އަރަބި އިމާރާތަށް (ޔޫއޭއީ)އިން ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ކޮތަންމާގެ މުޙައްމަދު ހުސައިން ޝަރީފު2. އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އޯކިޑް، އިރުތިޝާމް އާދަމް3. ޗައިނާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ފަށަލަ، ޑރ. ފަޟީލް ނަޖީބު4. އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޑރ. ޢަލީ ނަޞީރު މުޙައްމަދު5. ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ގީލާވިލާ، ޤީލާ ޢަލީ6. މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ރުއްފުށި، ޑރ. މަރްޔަމް ޝަބީނާ އަޙްމަދު7. ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ތުޅާގިރި، މަސްޢޫދު ޢިމާދު8. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑރ. ސަލްމާ ރަޝީދު9. ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މއ. ދިލާސާގެ، މުޙައްމަދު ލުވޭޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ