ޕްރިޔަންކާގެ ފިރިމީހާވެސް އެކްޓިންގެ ތެރެއަށް

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސްގެ އާ ފިލްމު ނެރުމަށް ތައްޔާރުވެއްޖެ އެވެ.
ޖުލައި 23 ގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ކޮމެޑީ-ޑްރާމާ "ދަ ގުޑް ހާފް" ގައި ނިކް ފެނިގެންދަނީ އެ ފިލްމުގެ ލީޑް ރޯލް ރެން ވީލަންޑްގެ ކެރެކްޓާއިންނެވެ.
މިއީ ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް"، "މިޑްވޭ"، "ކެއޯސް ވޯކިން" އަދި “ލަވް އެގެއިން" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ނިކް ޖޯނަސް ލީޑް ރޯލަކުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.
“ދަ ގުޑް ހާފް” ގެ ކާސްޓުންގެ ތެރޭގައި ބްރިޓަނީ ސްނޯ، ޑޭވިޑް އާކްއެޓް، އެލެގްޒެންޑްރާ ޝިޕް އަދި އެލިޒަބަތު ޝޫ ހިމެނެ އެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރ ރޮބަޓް ޝްވަޒްމަންއެވެ. 
ލަވަކިޔުމުގެ ދާއިރާގައި މަޝްހޫރު ބްރޭންޑް “ޖޯނަސް ބްރަދާސް” ވެސް ހިންގަމުން އަންނަ ނިކް، ޕްރިޔަންކާ އާއި ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ