ވައުދު ނުފުއްދަންޏާ 2018 ރައީސް ޔާމިނަކަށް ނެތް – ނިޒާރު

ވައުދުތައް ފުއްދައި ނުދީ 2018 ރައީސް ޔަމީނަކަށް ނެތްކަމަށާއި، މިއަދު މިގައުމުގެ 80 އިންސައްތަ ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފިކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރޭ އެމްޑީޕީ ޖަލްސާގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
"އެ ނޫނެކޭ ބުނަން ޖެހުނު ގޮތްތައް ވަރަށް ރީއްޗަށް ހާމަކޮށް ފެންނަން އެބައޮތް. އަޅުގަނޑުމެންގެ ދަނޑުވެރިންނާއި، މަސްވެރިންނަށްޓައި ވައުދުވެ ވަޑައިގެންނެވި، ބެޔަސް ނުބެޔަސް ލާރި ދޭނެކަމަށް ރައީސް ޔާމީންގެ މެނިފެސްޓޯގައި ލިޔުއްވި. ރައްޔިތުން ހަނދާން އެބަހުރި މީގެ ތިން އަހަރުކުރިން ވި ވައުދު". ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އެއްލީޑަރަކަށް ރުހޭ ގޮތެއް އަނެއް ލީޑަރަކު ރުހި ނުދާނެކަމަށާއި، ސިޔާސީ ވާދަވެރިކަމަކީ ހިޔާލު ތަފާތުވުންތަކެއް އޮތުން ކަމަށެވެ.
ނިޒާރު ވިދާޅުވީ، އިންސާނުން ހިޔާލު ތާފާތުވާން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމަކީ ހިޔާލު ތަފާތުވުންތަކެއް އޮތުން ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
"އަޅުގަނޑު އެދޭގޮތެއް ތިޔަބޭފުޅުން ބޭނުން ނުވެދާނެ. އެއީ އިންސާނާ އިންސާނުންނަށް ވުމަކީ. އެހެންވީމަ އަޅުގަނޑުމެންގެ ސިޔާސީ މަސްރަހުގާވެސް މިކަން މިހެން އޮންނަން ޖެހޭ. މިދެންނެވި އުސޫލުން ސިޔާސީ ލީޑަރުންގެ ވިސްނުން ހުންނަން ޖެހޭނީ. އެއްލީޑަރަކަށް ރުހޭ ގޮތެއް އަނެއް ލީޑަރަކު ރުހި ނުދާނެ. ދިވެހި ރައްޔިތުންގެ ރުހި ނުދާނެ".ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ، މި ރާއްޖޭގައި ވާދަވެރި ސިޔާސީ މާހައުލެއް ގެނައީ، މި ރާއްޖޭގައި މިހާރު މިއޮތް ގާނޫނު އަސާސީގެ ތެރެއިން  ކަމަށެވެ. އަދި ހިޔާލު ތަފާތުވުމަކީ އެ ގާނޫނު އަސާސީ ކަށަވަރުކުރާ ހައްގެއްކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ، މި ހިޔާލު ތަފާތުވުމަކީ މި ގައުމު ތެރޭގައިވެސް އޮންނަން ޖެހޭނެ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީންއަށް އެނގެން ޖެހޭކަމަށެވެ.
"އަޅުގަނޑުމެންނަށް މި މެއި ހަ ވަނަ ދުވަހު މި ރާއްޖޭގެ ރައްޔިތުން މިދެއްކެވީ، އަދި ދައްކާ ވާހަކައަކުން މިކަން ބަދަލުވާން ނެތްކަން. ހަމައެކަނި ދުލުން ދައްކާ ވާހަކައަކުން ރައްޔިތުން ގަބޫލުކުރުން ނެތްކަން އަޅުގަނޑުމެންނަށް ހާމަވެގެން ގޮސްފި" ނިޒާރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ