ކުނޫޒުގައި ހާއްސަ ޖަލްސާއެއް، ރައީސް ނަޝީދާއި ރައީސް މައުމޫނު ވާހަކަފުޅު ދައްކަވާނެ

އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި މިރޭ ބާއްވާ ހާއްސަ ޖަލްސާގައި ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހާމަކޮށްފިއެވެ.
 
މިޖަލްސާގެ ތައްޔާރީތަކާއި ގުޅިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ރައީސް މައުމޫނު މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އަދި ރައީސް ނަޝީދު ގައުމުން ބޭރުގައި ހުންނަވައިގެންވެސް މިޖަލްސާގައި ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
 
މީގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންވެސް އެމަނިކުފާނުގެ ފަރާތްޕުޅުންވެސް ހާއްސަ މެސެޖެއް ދެއްވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.
 
ކުނޫޒު ޖަލްސާ ފަށާނީ 9:15 ގަ އެވެ. 
މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމަށްފަހު މި ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ވަރަށް ހާއްސަ ޖަލްސާއެކެވެ.
 
 މިޖަލްސާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އަދި އިންސާފަށް ލޯބި ކުރާ ގިނަ ފަރާތްތަކުން ބައިވެރިވާނެ އެވެ. އަދި ޖަލްސާގައި ވީހާވެސް ގިނަ އާންމުު މެމްބަރުން ބައިވެރިވުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ގޮވާލާފައެވެ 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ