ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއަށް ޤާނޫނީ ގޮތުން ލިބެން ޖެހޭ ހައްޤުތަކެއް ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ދިފާޢުގައި ކޯޓުގައި ބަސް ބުނުމުގެ ހައްޤު ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް ގާސިމްގެ ޝަރީއަތް ކުރިޔަށް ގެންގޮސްފައި ވަނީ އޭނާގެ ޣައިރު ހާޟިރުގައި ކަމަށް ވާތީ އެކަމާއި ކަންބޮޑުވާ ކަމަށް ވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަދި މިހައްޤުތައް ގާސިމްއަށް ލިބިގެންވާކަން ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި 51 ވަނަ މާއްދާގައި ވަރަށް ރަނގަޅަށް ބަޔާންކޮށްފައި އޮންނާނޭ ކަން ވެސް ރައީސް މައުމޫން ވަނީ ފާހަގަ ކުރައްވާފައެވެ.
ގާސިމްގެ މައްޗަށް ހުކުމް ކުރެވުނީ ރައްޔިތުންގެ މަޖިލީހުެގ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރުމަށް މެންބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަދެއްކެވުމުގެ ސަބަބުންނެވެ. ރޭގެ ވަރަށް ދަން ވަގުތެއްގައި ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ މައްޗަށް އުފުލައިފައިވާ ދައުވާ ސާބިތުވާ ކަމަށް ނިންމާ އޭނާގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ހުކުމް އިއްވި އިރު އޭނާ އޮންނެވީ ހިތުގެ ބައްޔެއް ޖެހުމުގެ ސަބަބުން އައިޖީއެމްއެޗްގައި ހައްޔަރު ކުރެވިފައެވެ.
ގާސިމްގެ ހައްޤުތައް ނިގުޅައިގެންފައި ވާތީ ކަންބޮޑުވަން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ