އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖޭގެ ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން "އެފް އޭ ފުޓްސަލް ކަޕް 2019" ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެފް އޭ ފުޓްސަލް ކަޕް 2019 ގެ ނަމުގައި އެފްއޭއެމް އިން ހިންގުމައަށް ހަމަޖެހިފައިވާ މިމުބާރާތުގައި އަންހެން އަދި ފިރިހެން ޓީމް ތަކައަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާ މިމުބާރާތް ފަށަން ހަމަޖެހިފައިވަނީ އަންނަ ރަމަޟާން މަހުގެ ދެވަނަ ހަފްތާގެ ތެރޭގައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ހުޅުވާލި ފުރުސަތުގެ މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލައަށް ހަމަވާއިރު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ކޮމިޝަނަ އޮފް ސްޕޯޓްސް އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ ކްލަބްތަކާއި ޖަމިއްޔާތަކަށެވެ.
ފިރިހެން 16 ޓީމަށާއި އަންހެން 8 ޓީމަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޓީމުތަކަށް ދިނުމުގައި އެފްއޭއެމްގެ މެމްބަރު ކްލަބްތަކަށް އިސްކަންދޭނެ ކަމަށް އެ އިދާރާއިން ރޭ ނެރުނު އިއިލާންގައިވެ އެވެ.
ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާ އަދި ރަނަރ އަޕް ޓީމަށް 25،000 ރުފިޔާ ދޭގޮތަށް ހަމަޖައްސައިފައިވާ މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި 2،000 ރުފިޔާ ދައްކަންޖެހެއެވެ. އަންނަ މަހުގެ 2 ވަނަ ދުވަހު ގުރު ނެގުން ބާއްވާގޮތަށް ހަމަޖައްސައިފައިވާ މި މުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން 7555757 އަދި 9681012 އާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެފްއޭއެމުން މިއަދު ކޮށްފައިވާ އިއުލާންގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ