ހުޅުމާލެ އިން 526 ގޯތި ދޫކޮށްފި

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުނީ 526 ގޯއްޗެއް ވަނީ ގޯތި ލިބުނު މީހުންނަށް ހަވާލުކޮށްފައި ކަމަށް ބުންޏެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން މިހާތަނަށް 526 ގޯތި ދޫކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.
އެ ވުޒާރާ އިން މިރޭ ބުނީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ތެެރެއިން އިތުރު 14 ގޯއްޗެއް އެ ގޯތީގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ. މި 14 ގޯތި ހަވާލުކޮށްފައި ވަނީ މަތީންނެވެ. މިދިޔަ އަންގާރަ ދުވަހު ހަ ގޯތި އަދި މިއަދު 8 ގޯތި ވަނީ ހަވާލުކޮށް ފައެވެ."ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދެއަކުން 1380 ގޯތި ދޫކުރުމަށް ވަނީ ސޮއިކޮށްފައެވެ. މިހާތަނަށް ހުޅުމާލެ އިން 526 ގޯއްޗެއް ވަނީ ގޯތި ލިބުނު މީހުންނަށް ހަވާލުކޮށްފައި ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ