ބަލިވުމުން އެމްޑީޕީގެ ރައީސް ޝާހިދު ޒިންމާ ނަގަން ނުޖެހޭތަ؟

ރާއްޖޭގައި ނިމި ދިޔަ މަޖިލީސް އިންތިހާބަކީ، އެމްޑީޕީއަށް އެ އިންތިހާބުގެ ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ބެލި އިންތިހާބެކެވެ. ނަމަވެސް، އިންތިހާބު ނިމިގެން ދިޔައީ އެމްޑީޕީ ބަލިވެ، މުއިއްޒުގެ ވެރިކަމަށް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބިގެންނެވެ.
ޕާޓީގެ ރައީސް ގެ ހައިސިއްޔަތުން މިކަމުގައި ޝާހިދު ޒިންމާ ނަގަން ޖެހެއެވެ. ޕާޓީ ހަމަ މަގަށް އަޅުވައި، ޕާޓީގެ ސަފުތައް ރުކުރުވާލައި، އެމްޑީޕީގެ ވެރިކަމަކާއި ދިމާލަށް ޕާޓީ ގެންގޮސް ދިނުމަށް މި އިންތިހާބު މުހިންމު ވާއިރު އެ އަމާޒަށް ޕާޓީއިން މަސައްކަތް ކޮށްފައިވަނީ ކިހާވަރަކަށްތޯ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.
ޕާޓީގެ ގިނަ ބައެއްގެ އުންމީދުތަކާއި ޕާޓީގެ އެންމެ އިސް ލީޑަރޝިޕްގައި ހުންނެވި ފަރާތާއި އަބަދުވެސް ގުޅޭނެއެވެ. ޕާޓީއަކަށް ކާމިޔާބު ހޯދުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ އެއް ފަރާތަކީ ޕާޓީގެ ރައީސްއެވެ. ޕާޓީގެ ރައީސްއެވެ. ކުރިއަށް އޮތް އިންތިހާބު ތަކުން ކާމިޔާބު ހޯދަން ބޭނުންނަމަ ޒިންމާ ނަގައި ކަންކަން އިސްލާހު ކުރަން ޖެހެއެވެ.
އެމްޑީޕީއަކީ އަބަދުވެސް ރާއްޖެގެ އިސްލާހަށް މަސައްކަތް ކުރާ ޕާޓީއެކެވެ. އެ އިސްލާހަށް ކުރާ މަސައްކަތުގައި ޕާޓިއަށް ކުރިއެރުން ގެނެވެނީ ޕާޓީގެ މެމްބަރުންގެ އިހްސާސްތައް އަޑުއަހައިގެންނެވެ. ޕާޓީ ވަރުގަދަ ކުރުމަށް އެންމެ މުހިންމު ވަނީ ޕާޓީގެ މެމްބަރުންގެ އަޑެވެ. އެ އަޑު ކުރިއަށްވުރެ ބޮޑަށް އަހައި، ރައްޔިތުން ބުނަނީ ކީކޭތޯ މިއަދު ދެނެގަތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ