އަލީ ވަހީދު އިސްތިއުފާ ދިނުމަށް ގާސިމް އެދިލައްވައިފި

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްފައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ވަޓްސް އެޕް ގުރޫޕުގައި އަލީވަހީދާއި ގާސިމް އިބްރަހިމް ރޭ ވަނީ ދެ ބޭފުޅުން ދެ ބޭފުޅުން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރައްވާފައެވެ.
މިގޮތުން އަލީވަހީދު ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވެފައިިވަނީ "ޖޭޕީގެ ފަރާތުން ސަރުކާރުގެ މަގާމަކަށް ވަޑައިގެން ހުންނެވި ބޭފުޅަކު ޕާޓީން ވަކިވުމުގެ ކުރިން، ސަރުކާރުން އިސްތިއުފާ ދިނު މާރަނގަޅު،" ކަމަށެވެ. ލީކުވެފައިވާ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ ގުރޫޕުގެ ޗެޓުލޮގް
އަލީ ވަހީދު ރޭ ވަނީ އެމްޑީޕީގެ އެޖެންޑާ 19 ކެމްޕޭނު ޖަލްސާއެއްގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ. #HappeningNow Agenda19 @ali_niya Campaign Jalsa . Jumhooree Party ge Raees @ali20waheed vahakafulhu dhahkavanee “Vote Candidate No.6 ✔️Ali Niyaz For Hulhumale adhaairaa”. #Live #Agenda19#ThilafahathahMajilis #VoteNiya pic.twitter.com/37stX4UWjK— Niyaz 2019 (@Niyaz2019) March 14, 2019
އެ ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ކުރި އިހުލާސްތެރި މަސައްކަތް ގަބޫލު ނުކުރާނަމަ ޖުމްހޫރީ ޕާޓީގައި ހުންނަވަން ބޭނުން ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ