އިންތިޚާބުގައި ސަރުކާރަށް ބޮޑުތަނުން ދިވެހި ރައްޔިތުން ނޫނެކޭ ބުނަންޖެހޭ: ޣައްސާން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މިހާރުގެ ސަރުކާރަަށް ބޮޑުތަކުން ދިވެހި ރައްޔިތުން ނޫނެކޭ ބުނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ ކޮޅުމަޑުލުގައި މިރޭ ބޭއްވި ޕީޕީއެމް-ޕީއެންސީ ބޮޑުު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޣައްސާން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ގެއްލި ޤައުމު އަޅުވެތި ވުމާއި ދިމާލަކަށް ދިއުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއްނޫންކަމަށާއި ރާއްޖޭގެ ތާރީޚުގައި މިނިވަންކަމަށްޓަކައި ދިވެހިން ވެފައިވާ ޤުރުބާނީ އަކީ ފެންނަންހުރި ޤުރުބާނީތަކެއްކަމަށެވެ.
ޣައްސާން ވިދާޅުވީ މިއަދު ޤައުމު އޮތް ހާލަތުން ބަދަލު ކުރުމުގެ ޒިންމާ ދިވެހި ރައްޔިތުންގެ ކޮޑުގައި އެޅިފައިވާއިރު، އެމަސްއޫލިއްޔަތު ޤައުމަށްޓަކައި ވަރަަށް ތެދުވެރިކަމާއި އިޚުލާސްތެރިކަމާާއިއެކު އަދާކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން ދިވެހި ހުރިހާ ރައްޔިތުންވެސް ޤައުމު މިނިވަން ކުރުމަށް ސަރުކާރަށް ނޫނެކޭ ބުނެ ޕީޕީއެމް ކޯލިޝަންގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ޣައްސާން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ