ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އޭނާގެ 3 އަހަރުގެ ކުޑަ އަންހެން ދަރިފުޅު ގޮވައިގެން ސައިކަލުގައި ވަޑައިގަންނަވަނިކޮށް ބަޔަކު އޭނާއަށް ހަމަލާދީފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު 10:40 އެހައިކަންހާއިރު މ. ފަލާހު ޕްރީސްކޫލް ކައިރިންނެވެ.
މަންޒަރު ދުށް މީހަކު ކިޔައިދިންގޮތުގައި އެ ހާދިސާ ހިނގިއިރު އިލްހާމްގެ އެއްބަނޑު އެއްބަފާ ދެ ފިރިހެން ކޮއްކޮ ވެސް އެތަނުގައި ތިއްބެވެ. އެމްޑީޕީގެ ސަޕޯޓަރުން ކަމަށް ބެލެވޭ ބަޔަކު ގޮސް އިލްހާމްގެ ދަރިފުޅުގެ ގައިގައި އަތްލައި އަތުން އޭނާއަށް ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އަދި އޭނާގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮއަށް ވެސް އެމީހުން ހަމަލާދީފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. މިކަމާ ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލްހާމް ވިދާޅުވީ އޭނާގެ ކުޑަ ދަރިފުޅު ގައިގައި އަތްލައި ދަރިފުޅުގެ ކުރިމަތީގައި އެފަދަ އަމަލެއް ހިންގުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުޤީޤު ކުރަމުންނެވެ.
ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމާއި އޭނާގެ 3 އަހަރުގެ ދަރިފުޅަށް ބަޔަކު ހަމަލާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ