މޫސުން ގޯސްވުމުން ނަޝީދު ތ. އަތޮޅު ދަތުރު މެދުކަނޑާލައްވައިފި

މޫސުން ގޯސްވެ ކަނޑުމަގުން ދަތުރުކުރުމށް އުދަގޫވުމާއި ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރު މެދު ކަނޑުއްވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފި އެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދު ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅު މެދު ކަނޑުއްވާލެއްވީ ތ. އަތޮޅުގެ ރަށްރަށަށް ކަނޑުމަގުން ވަޑައިނުގެންނެވޭ ވަރަށް މޫސުން ގޯސްވެފައިވާތީ ކަމަށެވެ. ރައީސް ނަޝީދު ތ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަތުމަށް އެއަތޮޅަށް ފުރާވަޑައިގެންނެވީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް ކުރިއަށްދާއިރު، އެޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒުކޮށް އެކުލަވާލާފައިވާ އަށް ސިޔާސަތެއްގެ ތެރެއިން މިހާތަނަށް ތިން ސިޔާސަތެއް ރާއްޖޭގެ 22 ސަރަހައްދެއްގައި ވަނީ ހާމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ