ނިމިދިޔަ ހަފްތާގެ ތެރޭގައި އެކި ބާވަތުގެ ސްކޭމްތަކުގައި އެކި މީހުންގެ އަތުން ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިފައިވާކަމަށް، އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި ސްކޭމްތަކެވެ. މި ބާވަތުގެ 15 މައްސަލައެއް ހުށަހެޅިފައިވާއިރު، މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ވިޔަފާރީގެ މައުލޫމާތާއި ވިއްކާ މުދާ ދިމާވޭތޯ ބެލުމަށާއި، ފިހާރަ ނުވަތަ ގުދަން ހުރިތަން ޔަގީންކުރުމަށްފަހު "ކޭޝް އޮން ޑެލިވަަރީ" (ސީއޯޑީ) ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، ޑޮލަރު މާރުކުރުމުގެ މައްސަލަތަކުގައި ހަ މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. ޑޮލަރު ގަންނައިރު ލައިސަންސް އޮތް ތަނެއްތޯ ބެލުމުގެ އިތުރުން، ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މުއާމަލާތް ކުރާއިރު އެއީ ސައްހަ ނަންބަރެއްތޯ ގުޅައިގެން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. އަދި އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ގުޅައިގެން ފައިސާ ހޯދުމުގެ ދެ މައްސަލައެއްވެސް މިދިޔަ ހަފްތާގައި ވަނީ ހިނގާފައެވެ.
ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، އެކި ފަރާތްތަކުން ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކާ "އޯޓީޕީ" ހިއްސާ ނުކުރުމަށް އެންޓި ސްކޭމް ސެންޓަރުން ތަކުރާރުކޮށް ހަނދާންކޮށްދެއެވެ. ފައިސާގެ އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން އެއީ ކާކުކަން ޔަގީންކުރުމަކީ މިފަދަ ލަނޑުތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހައްލެވެ.
ނިމިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ