ފެބްރުއަރީ މަހު ބާއްވަން ހަމަޖެހިފައިވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރުމުގެ ގޮތުން އުމަރު ނަސީރާއި އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ލ.އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކޮށްފިއެވެ.                         
އުމަރުގެ ޓީމުން ލ އަތޮޅަށް ކުރި ދަތުރު ނިންމާލުމަށްފަހު ރޭވަނީ މާލެ އައިސްފައެވެ. ގާދޫ، މާވަށް، ހިތަދޫ، ފޮނަދޫ، ގަން، އިސްދޫކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންދޫ، ކުނަހަންދޫ، އަދި މާމެންދޫއަށް ކުރި ދަތުރުގައި ދަނބިދޫގެ ތިން ކައުންސިލަރުންނާއި، އަދި މުންޑޫ ގެ ތިން ކައުންސިލަރުންނާއި ފޮނަދޫ ދާއިރާގެ ކައުންސިލަރ އަހްމަދު ނަދީމު ޕީޕީއެމަށް ސޮއިކޮށްފައިވާ ކަމަށް ޓިމު އުމަރުން މައުލޫމާތުދެއެވެ. 
ކައުންސިލަރުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމު މެމްބަރުން ވެސް އުމަރުގެ ހާޒިރުގައި ޕީޕީއެމަށް ސޮއިކޮށްފައިވާ ކަމަށް ޓީމު އުމަރުން މައުލޫމާތުދެއެވެ. 
ލގެ އިތުރުން އެހެން އަތޮޅުތަކަށް ވެސް ޓީމު އުމަރުން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސީއެންއެމަށްވަނީ މައުލޫމާތު ލިބިފައެވެ.
    
    \"ޓީމު އުމަރު\"ން ލ އަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            